
ބ. ހިބަޅިދޫ ފާސްކުރުމަށް ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ހަނގުރާމަވެރި ހަތިރާރުތަކެއް ހޯދައިފި އެވެ.
އެރަށުން ފެނުނު ތަކެތި ދެންމެ ވަނީ މީޑިޔާއަށް ދައްކާލައިފަ އެވެ. އޭގެ ތެރޭގައި ވަރަށް ގިނަ ހަތިޔާރާއި ބޮން ހަދަން ބޭނުންކުރާ ސާމާނު ވެސް އޮޕަރޭޝަންތަކުގައި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި އޭކޭ ސީރީޒްގެ ބަޑި އާއި ފިސްތޯލަ އާއި ވަޒަން ވެސްވަނީ އެރަށުން އަތުލައިގެންފައެވެ.

ހަތިޔާރުތައް ނަގައި، ނޫސްވެރިންނަށް އިތުރު މައުލޫމާތު ދިނުން އިރުކޮޅެއް ފަހުން އިސްކަންދަރު ކޮށީގައި ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ފުލުހުން މިހާރުދަނީ ތައްޔާރުވަމުންނެވެ. އެ ޕްރެސް ކޮންފަރެންސްގައި އެތަކެތި ދައްކާލާނެކަމަށް ފުލުހުން ބުންޏެވެ.
ބ. ހިނބަޅިދޫ އަކީ ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ބަަޔަކަށް ދީފައި އޮތް ރަށެކެވެ. ހިބަޅިދޫ ފާސްކުރަން ސިފައިންނާ ފުލުހުން އެރަށް އެރީ މިދިޔަ ބުދަ ދުވަހުއެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ސިފައިން ވަނީ އެ ރަށުތެރެއާއި ރަށް ވަށައިގެން ފީނައިގެން ބަލައި ފާސްކޮށްފައެވެ.
އެނގިފައިވާ ގޮތުގައި ި ރަށް މިހާރު ނަގައިގެން ހަަދަމުން ދަނީ ހައްޔަރުކޮށްފައި ހުރި އަހުމަދު އަދީބުގެ ގާތް ރައްޓެއްސެއް ކަމަށްވެ އެވެ.