
ބ. ހިބަޅިދޫ ފާސްކުރުމަށް ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެރަށުން ފެނުނު ހަނގުރާމަވެރި ހަތިޔާރުތައް ދައްކާލައިފި އެވެ.
ހިބަޅިދޫން ފެނުނު ހަތިޔާރުތައް ދައްކާލުމަށް ދެންމެ ބޭއްވި ނިއުސް ކޮންފަރެންސްގައި ފުލުހުން ބުނީ މި ތަހުގީގަށް މިހާރު ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ހިބަޅިދޫއާ ހަމައަށް އާދެވުނީ ހައްޔަރުކޮށްފައި ތިބި މީހުންގެ ވާހަކަ އާއި އިންޓެލިޖެންސްގެ މައުލޫމާތުން ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެތަކެތި ރައްކާކޮށްފައި ހުރީ އެ ރަށުގެ ނެރުން ވަންނަ ދިމާލުން 4 މީޓަރު އަޑިއަށް ފައްތާފައި ހުރި ދެ ދަބަހެއްގަ އެވެ.
ހިބަޅިދޫން އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ؛
• އޭކޭ 56 ގެ ފުލް ސިސްޓަމް އޭގެ 7.2 މިލިމީޓަރު 121 ވަޒަން.
• މެޝިން ޕިސްޓަލްއެއް (މިއީ ސަބް މެޝިން ގަން ކެޓަގަރީގެ ބާވަތެއް. މީގެ 9 މިލިމީޓަރުގެ 40 ވަޒަން ހިމެނޭ)
• 50 މީޓަރުގެ ތެރޭގައި މީހަކަށް ގެއްލުން ދެވޭނެ އިތުރު ފިސްތޯލައެއް
• ދުރުގައި ހުންނަ މީހަކަށް ހަމަލަދެވޭ އާލާތެއް. (މިއީ ސްނައިޕާގައި ހަރުކޮށްފައި ހުންނަ ބާވަތެއް)
• ސްނައިޕާ ރައިފަލްގައި ބޭނުންކުރާ ޒާތުގެ ވަޒަނެއް
• ދެ ބޮމެއް (މިއީ 50 މީޓަރުގެ ސަރަހައްދެއްގައި ތިބިި ބަޔަކަށް ހަމަލަދެވޭ ވަރުގެ އެއްޗެއް)
• ފޯނާއި ރިމޯޓުން ގޮއްވާލެވޭ ދެ ބާވަތް ވެސް ހިމެނޭ
• 500 ގްރާމްގެ މޮހޮރާއި އެޑަޕްޓަރުތަކާއި ވަޔަރުތައް ވެސް ފެނިފައިވޭ

މީގެ އިތުރުން މި އެއްޗެހި އިތުރަށް ހެދުމަށް ބޭނުންކުރާ ސާމާނު ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ސްޕްރޭ ކަހަލަ އެއްޗިއްސާއި، ގޮވާ އެއްޗެހި ރައްކާކޮށްފައި ހުރީ ކަޅު ފޮއްޓެއްގެ ހިމެނެއެވެ.
އެމްއެންޑީއެފުން ބުނީ މިއީ އަސްކަރީ ހަތިޔާރުތަކެއް ކަމަށާއި ގޮއްވާލައިފި ނަމަ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ބޮންތަކެއް ކަމަށެވެ.
ހިބަޅިދު އަކީ ޓޫރިޒަމް މިނިސްޓްރީ 14 އޮގަސްޓް ގައި ބިޒްނާސް މޯލްޑިވްސް އަށް ދީފައިވާ ރަށެކެވެ.
ހަތިޔާރު ކަނޑު އަޑީގައި 72 ގަޑިއިރު ހުރި ވާހަކައެއް ނޫން ބުނީ ، ބ. ހިބަޅިދޫ ގެ އޮޕަރޭޝަން ފެށިތާ 72 ގަޑިއިރު ފަހުންނޯ މި ތަކެތި ފެނުނީ އެމަސައްކަތް ފެށީ ހޯމަ ދުވަހު 08:25 ގައި މި ތަކެތި ފެނުނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް އެބޭފުޅުން ވިދާޅުވިއެެވެ. ނޫސްވެރިންނަށް އޮޅިފަ އޮތްކަމެއް މިއީ ، ފަހުން ނޫސްވެރިން ސުވާލު ކުރުމުން މި ވާހަކަ އެމް.އެން،ޑީ އެފް ތަފްޞީލުކޮށްދިނެއްނު ،ޕޯޑިއަމް މައިކު އަޑު މަޑުވީމަ ސާފްވާ ގޮތްނުވީ …..
19:33 ނަވާޒު:
” އިންޓެލިޖެންސް މައުލޫމާތު އެއްކުރުމަށް ދަނީ މަސައްކަތް ކުރަމުން. ލޮނުތެރޭގައ މި ހަތިޔާރުތައް ކަނޑު އަޑީގައި ހުންނަތާ 72 ގަޑި އިރުވެއްޖެ” ހާދަ އަވަހަކަށް ދަބަރު ޖެހީ!!!!!