ބ. އަތޮޅުގެ ގިނަ ފަޅުރަށްތަކާއި ފަޅުތަކާއި އަދި ފިނޮޅުތައް އެކި ފަރާތްތަކަށް އެކި ބޭނުންތަކަށް ދޫކޮށްފައިވަނީ އަތޮޅު ކައުންސިލަށް އެއްވެސް އެނގުމެއް ނެތިކަމަށް ބ. އަތޮޅު ކައުންސިލުން ބުނެފި އެވެ.
ބ. އަތޮޅު ކައުންސިލުން ބުނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ހަވާލުގައި ހުރި ރަށްތައް ޓޫރިޔަމް މިނިސްޓްރީއާ ހަވާލުކުރުމަށްފަހު ދެން އެ ރަށްރަށް ހަވާލުކުރަނީ ކޮން މަސައްކަތެއްކުރަން ކޮން ފަރާތަކަށް ކަމެއްވެސް އަތޮޅުކައުންސިލަށް ނޭނގޭކަން ކަމަށެވެ.
“މައުލޫމާތު ހޯދުމަށް ކުރެވުނު މަސައްކަތުން އަދި މިކަން ކާމިޔާބުވާގޮތެއް ނުވެ އެވެ،” އަތޮޅު ކައުންސިލުން ބުންޏެވެ.
ހިބަޅިދޫން ފެނުނު ނުރައްކާތެރި ހަތިޔާރުތަކާ ގުޅިގެން އަތޮޅުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިއަތޮޅުގެ ފަޅުރަށްތަކާއި، ފަޅުތަކާއި ފިނޮޅުތައް ދޫކޮށްފައިވާ ފަރާތްތައް ދޫކުރި ބޭނުން އެނގޭގޮތަށް ރައްޔިތުންނަށް ހާމަކޮށްދިނުމަށްވެސް އަތޮޅު ކައުންސިލުންވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައިފަ އެވެ.
ތިޔަ ކައުންސިލަކީ ރަތްޔިތުންނަށް ހެޔޮއެދިގެން މަސައްކަތް ކުރާބައެއްނޫން. އެހެންވީމާ ހަމަ ރަނގަޅުވާނެ ނޭންގިދިނަސް.