ބ. ފެހެންދޫ ކައުންސިލުގެ ނައިބް ރައީސް އާދަމް އައިމަން އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ، އެ ކައުންސިލަށް އާ ނައިބް ރައީސަކު ހޮވައިފި އެވެ
ފެހެންދޫ ކައުންސިލުން ބުނީ އާ ނައިބް ރައީސާ ކަމަށް އެމްޑީޕީ ޓިކެޓްގައި ކައުންސިލަށް ހޮވިވަޑައިގެންނެވި އާމިނަތު ފަޒީނާ ހޮވުނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި، ބައިވެރިވެވަޑައިގެންނެވި ހަތަރު މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. ނައިބު ރައީސްގެ އެ މަގާމަށް ކުރިމަތިލެއްވީވެސް ފަޒީނާ އެކަންޏެވެ.
މަގާމުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެވޭކަން ގަބޫލު ނުކުރެވޭތީ، ފެހެންދޫ ކައުންސިލުގެ ނައިބް ރައީސް އާދަމް އައިމަން އެ މަގާމުން އިސްތިއުފާ ދެއްވީ އޮކްޓޯބަރު 18 ގަ އެވެ.
ފެހެންދޫ ކައުންސިލުގައި ތިބެނީ އެމްޑީޕީގެ 3 މެމްބަރުންނާއި އެމްޑީއޭގެ ދެ މެމްބަރެކެވެ.