
ސިފައިންގެ ބަޑި ގުދަނުން ބަޑިތަކެއް ގެއްލުނުކަން ރައްޔިތުން ކައިރީ ކުރިން ނުބުނުމަކީ ބޮޑު އޮޅުވާލުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދައިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބަޑި ގުދަނުން ބަޑިތަކެއް ގެއްލުނުކަން ރައްޔިތުން ކައިރީ ކުރިން ނުބުނުމަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި ސަރުކާރު ވަނީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހުރިހާ ގޮތަކަށް ފެއިލްވެފައިވާ ކަމަށެވެ.
އަލީ ހުސައިން މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައި މިވަނީ މިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ މިއަތޮޅު ހިނބަޅިދޫ އިން ފެނުނު ހަތިޔާރުތަކުގެ ހަތިޔާރުގެ ތެރޭގައި ސިފައިން ގޭގެ ހަތިޔާރު ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެފައި ވަނިކޮށެވެ. ސިފައިންގެއިން ބޭރުވި ހަތިޔާރުގެ ތެރޭގައި ހިމެނެނީ ބަޑިއަކާއި ފިސްތޯލައެކެވެ.
އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހްސާން ވިދާޅުވި ގޮތުގައި ހިބަޅިދޫން ހަތިޔާރު ފެނުމާއެކު ސިފައިންގެ އާމަރީގެ ލިސްޓަކާއި އެތަނުގައިވާ ހުރިހާ ހަތިޔާރެއްގެ އޮޑިޓެއް އަންނަނީ ކުރަމުންނެވެ. މިހާތަނަށް ބެލިބެލުމުން ހިބަޅިދޫން ފެނިފައިވާ އޭކޭ 103 އާއި އެމްޕީ 5 އަކީ ސިފައިންގެ އާމަރީ އަށް ނިސްބަތްވާ ދެ ހަތިޔާރު ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އާމަރީން ހަތިޔާރު ގެއްލުނުކަން އެނގުމާ އެކު ހަތިޔާރު ބެލެހެއްޓުން ވަރުގަދަކުރަން މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.
އިހްސާން ވިދާޅުވީ ހަތިޔާރު ގެއްލުނު މައްސަލައިގެ ވަރަށް ފުރިހަމަ ތަހުގީގެއް މިހާރު ވަނީ ފަށާފައި ކަމަށެވެ. އެ ތަހުގީގުގައި ހަތިޔާރު ގެއްލެން ދިމާވި ސަބަބާއި އެކަމުގައި ހިމެނޭ މީހުންނާއި ސިސްޓަމްގައި ހުރި މައްސަލަތައް ވެސް ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
އާމަރީން ހަތިޔާރު ގެއްލުނީ ކޮން ދުވަހަކު ކަމާއި އެއީ ކިހިނެތް ހިނގައިދިޔަ ކަމެއް ކަން ސަލާމަތީބާރުތަކުން ހާމައެއް ނުކުރި އެެވެ.
މިދެން ކާކު. މީނަމީހުން ގަބޫލެއްނުކުރޭ.