ބަނދަރުގެ ކަނޑުތޮށީގައި ބޮޑު ހިލަޖަހަން ފަށައިފި

އޭދަފުށީ ކަނޑުތޮށީގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތ ކުރަނީ -- އީޓީ ފޮޓޯ / ތޯރިގް
އޭދަފުށީ ކަނޑުތޮށީގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތ ކުރަނީ — އީޓީ ފޮޓޯ / ތޯރިގް

 

ބ. އޭދަފުށީ ބަނދަރުގެ ކަނޑުތޮށީގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.

އޭދަފުށީ ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވި ގޮތުގައި މިރަށުގެ ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި ކުރިޔަށްދާ މި މަސައްކަތުގެ ދަށުން ކުރިން ކޮންކްރީޓް ބްލޮކްތަކެއް ޖަހައި ހިމާޔަތްކޮށްފައިވާ ކަނޑުތޮށީގެ ބޭރުން ހިލަޖެހުމަށް ހަމަޖެހިފައިވަނީ 230 މީޓަރު ދިގު ސަރަހައްދެއްގައި އެވެ.

އެނގިފައިވާ ގޮތުގައި މި މަސައްކަތް ކޮށްދެއްވަނީ އޭދަފުއްޓަށް އުފަން މަހުޖަނު އަދި ރިސޯޓްތައް ހިންގަމުން ގެންދާ ކްރައުން ކޮމްޕެނީގެ އެއް ޑިރެކްޓަރު މިރަށު ޗާންދަނީ އަހްމަދު ނަޒީރު އެވެ. މިހާރު ކޮންކްރީޓް ބްލޮކް ޖަހައިގެން ހަދައިފައި އޮތް ކަނޑު ތޮއްޓާއި ބަނދަރުގެ ނެރު އާދަޔާ ހިލާފަށް ގަދަވާތީ، އެ މައްސަލަ ހައްލުކުރުމަށް ނެރުގެ ފައިކަށީގައި ބޮޑުހިލަ ޖަހައިދީފައިވަނީވެސް ނަޒީރުގެ ހިލޭ އެހީގައެވެ.

އޭދަފުށީ ކައުންސިލްގެ މެމްބަރު މުހައްމަދު ރިޒާ ވިދާޅުވީ ހެވީފޯސްއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަސައްކަތް ނިމުމުން ބަނދަރުގެ ފަޅުތެރެ މިހާރަށްވުރެ މަޑުވެ، ކަނޑުތޮށި ހިމާޔަތް ކުރެވޭނެ ކަމަށެވެ.

ކުރިޔަށްއޮތް އިރުވައިމޫސުމުގެ ކުރިން މި މަސައްކަތް ނިންމާލެވޭތޯ މަސައްކަތް ކުރަމުންދާކަމަށްވެސް ކޮންޓްރެކްޓަރާ ހަވާދީ ރިޒާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.