ގްރޭޑް 1 އަށް ކުދިން ވެއްދުމަށް ފޯމު ދޫކުރަނީ

ބަހިއްޔާ ޕްރީ ސްކޫލު ކުދިންތަކެއް ކްލާސްރޫމުގައި. އަންނަ އަހަރު ގްރޭޑް 1 އަށް ކުދިން ވެއްދުމަށްވަނީ ފުރުސަތު ހުޅުވާލައިފައި-- ފައިލް ފޮޓޯ
ބަހިއްޔާ ޕްރީ ސްކޫލު ކުދިންތަކެއް ކްލާސްރޫމުގައި. އަންނަ އަހަރު ގްރޭޑް 1 އަށް ކުދިން ވެއްދުމަށްވަނީ ފުރުސަތު ހުޅުވާލައިފައި– ފައިލް ފޮޓޯ

 

އަންނަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑު 1 އަށް ކުދިން ވައްދަން އެދޭ ފަރާތްތަކަށް އެ ސްކޫލުން ފުރުޞަތު ހުޅުވާލައިފި އެވެ.

ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމާ ގުޅޭ ގޮތުން އެ ސްކޫލުން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ގްރޭޑް 1 އަށް ވަދެވޭ ޝަރުތުހަމަވާ ކުދިންގެ ފޯމް ފުރުމަށްފަހު 2015 ނޮވެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން އެ ސްކޫލުގެ އޮފީހަށް ހުށަހަޅަން ޖެހެއެވެ.

ޝަރުތުތައް؛
• 2016 ވަނަ އަހަރު ޖެނުއަރީ 1 ވަނަ ދުވަހަށް 6 އަހަރުފުރި 7 އަހަރު ނުފުރޭ ކުއްޖެއް ކަމުގައިވުން.
• 2016 ވަނަ އަހަރު މާޗް 31 ގެ ނިޔަލަށް 6 އަހަރު ފުރިފައިވީނަމަވެސް 2015 އަހަރު ޔޫކޭޖީ ކްލާސް ފުރިހަމަކޮށް އެ މަރުހަލާގައި ހާސިލްކުރަންޖެހޭ މިންވަރު، ތައުލީމާއި ތަރުބިއްޔަތާއި ހުނަރު ލިބިފައިވާ ކުއްޖެއްކަމުގައިވުން.

 ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 7:00 އިން މެންދުރުފަހު 1:30 އަށެވެ. ފޯމާއި އެކު ވެކުސިން ކާޑާއި އެކު އުފަންދުވަހުގެ ސެޓިފިކެޓު ނުވަތަ އައިޑީކާޑު ކޮޕީއެއް ހުށަހަޅަން ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.