
ބ. އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މާދަމާރޭ އާ ރައީސަކު އިންތިހާބުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ރައީސްކަމުން އަލީ ވަހީދު އިސްތިއުފާދެއްވާފައި ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް އޭދަފުށި ކައުންސިލުން ކަންތައްތައް ކުރާކަމަށްބުނެ އެވެ.
އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި އާ ރައީސަކު އިންތިހާބުކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާރޭ 9:00 ގައި އޭދަފުށީ މަލްޓިޕާޕަސް ހޯލުގެ ސެމިނާ ރޫމުގައެވެ. މި ޖަލްސާ ބާއްވާނީ އާއްމުނަށްވެސް ހުޅުވާލައިގެން ކަމަށް އޭދަފުށީ ކައުންސިލުން ބުންޏެވެ.
އޭދަފުށީ ކައުންސިލްގައި ހިމެނެނީ ޕީޕީއެމްގެ ތިން މެމްބަރުންނާއި އެމްޑީޕީ އަދި އެމްޑީއޭގެ މެންބަރެކެވެ.
ކިތަންމެ ޒިންމާދާރު ރައީސަކު ހުއްޓަސް، ޤާނޫނީ ބާރު ކައުންސިލަށް ނުލިބޭ ނަމަ، ކައުންސިލަރުންނަށް ކުރެވޭނެ ކަމަކީ، އިސްތިޢުފާ ދީފައި ގެއަށް ދިއުން. ގޮނޑިކޮއްކޮ ހެދިގެން ވަޒީފާ އަދައެއް ނުކުރެވޭނެ.
ތީ މިރަށުގަ އުޅޭބައެއްތަ؟
ރައީސަކު ބަހައްޓާނެ ކަމެއް ނެތް ……މިހާރުވެސް އިދާރާ ހިނގައެއްނު
އިސްތިއުފާދީފަ ގެޔައް ދޭ