
ބ. އޭދަފުށީ ކައުންސިލްގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް މިރޭ ނާޒްނީނާ ޔޫސުފް އިންތިހާބުކޮށްފި އެވެ.
އޭދަފުށީ ކައުންސިލްގެ ރައީސްކަމުގައި ކުރިން ހުންނެވި އަލީ ވަހީދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް މެމްބަރަކު ހޮވުމަށް މިރޭ ނެގި ވޯޓުގައި އެ މަގާމަށް ނާޒު ހޮވުނީ 4 ވޯޓުންނެވެ.
ނާޒުގެ އިތުރުން ރައީސް ކަމަށް ދެން ވާދަކުރެއްވީ އެމްޑީޕީ ކައުންސިލަރު ނައުޝާދު އަހްމަދު އެވެ.
މެމްބަރަކު ހޮވުމަށް ނެގި ވޯޓްގައި ނާޒު އަށް ހަތަރު ވޯޓް ލިބިވަޑައިގަތް އިރު، ނައުޝާދުއަށް ލިބިވަޑައިގަތީ އެއް ވޯޓެވެ.
އޭދަފުށީ ކައުންސިލްގައި ހިމެނެނީ ޕީޕީއެމްގެ ފަސް މެމްބަރުންނާއި އެމްޑީޕީ އަދި އެމްޑީއޭގެ މެންބަރެކެވެ.
މީ ބަނގްލަދެސްތަ؟؟؟ އަންހެނަކު ވެރިކަމަށް ލައިގެން ތިއުޅެނީ
މަރްޙަބާ.
ދިވެހިރާއްޖޭގެ ޤާނޫނާ،ޤަވާޢިދު ތަކުގެ ތެރެއިން، އެއްވެސް ރައްޔިތަކަށް ތަފާތު ކުރުމެއްނެތި، ހަމަހަމަ އުޞޫލަކުން ޚިދުމަތް ދިނުމަށް ގޮވާލަން.