
ބ. އޭދަފުށީ ގެއެއްގެ ފުރަތަމަ ބުރީގެ ސިޑިން އަންހެނަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
އޭދަފުށީ ވައިލެޓް މަގުގައި ތިން ބުރިއަށް އިމާރާތްކޮށްފައި ހުރި އަޅިވިލާގޭ އަރީފާ ޔޫސުފް، 43 ސިޑިން ވެއްޓުނީ އެ އިމާރާތުގެ ފުރަތަމަ ބުރިން ތިރިއަށް ފައިބަނިކޮށް ކަމަށްވެ އެވެ.
މި ހާދިސާގައި އަންހެން މީހާގެ ދަތްދޮޅި ކައިރިން ވަނީ ވަރަށް ބޮޑަށް ކަފައިގެން ގޮސްފަ އެވެ. އަދި މޫނު މަތި އެކި ތަންތަން ޒަހަމުވެފައި ހުއްޓެވެ.
އަނީޔާ ލިބުނު އަންހެން މީހާއަށް އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ދެންމެ ވަނީ މާލެ ފޮނުވާލައިފަ އެވެ.
މި ހާދިސާ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.