
ބ. ދޮންފަނު ޕްރީ ސްކޫލު ކުދިންގެ ދިވެހި އަދަބީ ދުވަސް ފާހަގަކޮށްފި އެވެ.
“ދިވެހި އަދަބީ ދުވަސް” ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ހަވީރު އެ ސްކޫލުގައި ދަރިވަރުން ދިވެހި ބަހާއި އަދަބިއްޔާތާއި ގުޅޭ އެކިއެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން ޅެން ކިޔުމާއި ރައިވަރާ ބަނދި ކިޔުން ފަދަ އަދަބީ ހަރަކާތްތަކާއި ދިވެހި ސަގާފަތް ދައްކުވައިދޭ އެކި މަސައްކަތްތައް ދަރިވަރުން ވަނީ ދައްކައި ދީފައެވެ.

ދޮންފަނު ޕްރީ ސްކޫލު ހިންގަމުން އަންނަ އެރަށު ކައުންސިލުން ބުނީ އެ ސްކޫލުގައި ފުރަތަމަ ފަހަރަށް ފާހަގަކުރި ދިވެހި އަދަބީދުވަހުގެ ހަރަކާތްތަކަށް ދޮންފަނު ސްކޫލުގެ އިތުރުން ޕްރީ ސްކޫލުގެ ބެލެނިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.