ސެންޓޭ އަލުން ޤައުމީ ޓީމަށް

ނިއު ރޭޑިއަންޓްގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ): -- ހަވީރު ފޮޓޯ
ނިއު ރޭޑިއަންޓްގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ): — ހަވީރު ފޮޓޯ

 

ވޯލްޑްކަޕް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ހޮންކޮންގ އާ ދެކޮޅަށް ޤައުމީ ޓީމް ކުޅެންޖެހޭ މެޗަށް އެކުލަވާލި ސްކޮޑުން އޭދަފުއްޓަށް ނިސްބަތްވާ ހުނަރުވެރި ކުޅުންތެރިޔާ ޢަލީ ފާސިރަށް އަލުން ޖާގަދީފިއެވެ.

މިދިޔަ ބޮޑުއީދުގައި އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ސަބަބުން އެންމެ ފަހުން ގައުމީ ޓީމު ކުޅުނު ދެމެޗުން ސެންޓޭ ބާކީކުރިއެވެ. އެފަހަރު ސްކޮޑުން ސެންޓޭ ބާކީކުރީ ޓީމުގައި ހިމެނިފައި ވަނިކޮށެވެ.

މިދިޔަ އަހަރު ކުރީކޮޅު ފައިގެ އޮޕަރޭޝަންގެ ސަބަބުން ސެންޓޭގެ މޮޅު ކުޅުން މިއަހަރު ދެއްކޭގޮތްވަނީ ނުވެފައެވެ. ނަމަވެސް ފަހަކަށް އައިސް ނިއުރޭޑިއަންޓް ކުޅުނު މެޗްތަކުގައި ސެންޓޭ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ޤައުމީ ޓީމުން ގަވާއިދުން ޖާގަހޯދަމުން އަންނަ ސެންޓޭ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.

މިފަހަރު އެކުލަވާލި ސްކޮޑުގައިވެސް އޭދަފުއްޓަށް ނިސްބަތްވާ ތިންކުޅުންތެރިއަކު ހިމެނިފައިވެއެވެ. ސެންޓޭގެ އިތުރުން ދެން ހިމެނުނީ ނިއުރޭޑިއަންޓްގެ މުހިއްމު ދެކުޅުންތެރިން ކަމަށްވާ ޝާފިއު އަޙްމަދު (ޝާފީ) އާއި ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. DropTopMan

    ގައުމީ ޓީމުން ސެންޓޭ ބާކީކުރުމަކީ ވަރަށް ފީކަޅާ ވިސްނުމެއް. ސެންޓޭމެންކަހަލަ ކުޅުންތެރިން ނުލާ ކިހިނެއް ރާއްޖޭގެ ފުޓްބޯޅަ ކުރި އަރުވާނީ. ސާބަހޭ އޭދަފުށީ ދަރިން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.