
ބ. އޭދަފުށީގައި ބާބެކިއު ހަދަން އުޅެނިކޮށް މި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ޒުވާނަކު ފިހިއްޖެއެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ގައިގައި އަލީފާން ރޯވީ ބާބެކިއު ހަދަން ޓްރޭއަކަށް ޕެޓްރޯލް އަޚަން އުޅުމުގެ ތެރޭގަ އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މި ހާދިސާގައި މަފާޒުގެ މޫނުމަތިންނާއި މޭމަތިން ބައެއް ފިހި، އެ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.
މަޒާފުގެ މޫނުމަތީގައި އަލިފާން ރޯވުމާއެކު އަލިފާން ނިއްވާލީ އޭނާ އާއެކު މަސް ފިހަން އުޅުނު އެހެން ކުދިންގެ އެހީތެރިކަމާއެކުއެވެ.