
ރާއްޖޭގެ ޒުވާނުންގެ ދުވަސް އޭދަފުށީގައި ފާހަގަ ކުރުމަށް ކުޅިވަރު މުބާރާއްތަކެއް ބާއްވަން ނިންމައިފި އެވެ.
ބ. އޭދަފުށީ ކައުންސިލުން ބުނީ ރާއްޖޭގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޒުވާނުންގެ މަރުކަޒާ ގުޅިގެން ކުޅިވަރު މުބާރާތްތަކެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތްތަކުގެ ތެރޭގައި ރޯޑް ރޭހަކާއި، ބިލިޔާޑް މުބާރާތެއްގެ އިތުރުން ޓީޓީ މުބާރާތެއް ހިމެނެ އެވެ. މި މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 15-18 އަށް އޭދަފުށީ ޔޫތު ސެންޓަރުގަ އެވެ.
މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރު 13 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވުމަށްއެދޭ ފޯމް ޔޫތު ސެންޓަރުން ލިބޭނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ.
މީގެ ކުރިން ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ ތެރޭގައި ފާހަގަކުރަމުން އައި ގައުމީ ޒުވާނުންގެ ދުވަސް ރައީސް ޔާމީންގެ ސަރުކާރުން ފާހަގަ ކުރަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހާ ދިމާކޮށް ނޮވެމްބަރު 17 ގަ އެވެ.
ކުނިގޮނޑު ސާފު ކުރުން ބާއްވަން ޖެހޭނެ ….