އެތެރެ ހަށީގެ ހާއްސަ ޑރ އަލީ ލަތީފް އޭދަފުށީ މެޑިކަލް ސެންޓަރަށް

12235033_732713180192149_3487188819554547604_n
އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު އަލީ ލަތީފް ބ. އޭދަފުށީ މެޑިކަލް ސެންޓަރުގައި މި މަހުގެ ފަހުކޮޅު ބަލިމީހުން ބަލަން ހަމަޖެހިފައިވާ ކަމަށް އެ ކްލިނިކުން ބުނެފި އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނީ އައިޖީއެމްއެޗުގެ އެތެރެ ހަށީގެ ބަލިތަކާ ބެހޭ ޑިޕާޓްމަންޓްގެ ހެޑް ޑޮކްޓަރު އަލީ ލަޠީފް ނޮވެމްބަރު 27-28 އަށް އެ ކުލިނިކުގައި ކުރިއަށްދާ ކޭމްޕްގައި ބަލިމީހުން ބައްލަވާނެ ކަމަށެވެ.

ފަރުވާދޭ ބަލިތަކުގެ ތެރޭގައި

  •  ލޭ މަތިވުން، ހަކުރުބަލި
  •  ސަރުބީ އިތުރުވުން، މޭގައި ރިއްސުން
  •  ނޭވާ ހިއްލުން، އާދަޔާ ޚިލާފު ތަދު
  •  ނޭވާލުމުގެ ނިޒާމުގެ ބަލިތައް
  •  ބޮލުގަިއ ރިއްސުން، ތައިރޮޑުގެ މައްސަލަ
  •  ބޮލުގައި ރިއްސުން،

ޑރ އަލީ ލަތީފަށް ދެއްކުމަށް އެ ޕޮއިންޓްމެންޓު ހަދަން ބޭނުންވާ ފަރާތްތަކުން 7523242، 9631111 އާ ގުޅުމަށް އެ ކްލިނިކުން އެއެވެ.

އަންނަ ހޮނިހިރު ދުވަހު ހަމުގެ ހާއްސަ ޑޮކްޓަރު މައުސޫމާވެސް އެ ސެންޓަރުގައި ބަލިމީހުން ބައްލަވާނެ އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނިގޮތުގައި މިފަދަ ކޭމްޕްތައް ބާއްވަނީ ކުޑަހަރަދަކުން މިއަތޮޅުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ސްޕެސަލިސްޓުންގެ ހިދުމަތް ދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.