ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހިތާދޫ ދެ މީހަކު ހޯދަނީ

ކ-ވ: ދޫރެސްވިލާ، ބ. ހިތާދޫ، ޝާމިލް ޔަޢުޤޫބް (20އ) އަދި ޕެންޒީ، ބ. ހިތާދޫ، މުޙައްމަދު ޔޫސުފް (20އ) -- ފޮޓޯ: ޑީއެންއާރު
ކ-ވ: ދޫރެސްވިލާ، ބ. ހިތާދޫ، ޝާމިލް ޔަޢުޤޫބް (20އ) އަދި ޕެންޒީ، ބ. ހިތާދޫ، މުޙައްމަދު ޔޫސުފް (20އ) — ފޮޓޯ: ޑީއެންއާރު

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރަން ހޯދަން ބޭނުންވާ މިއަތޮޅު ހިތާދޫ ދެ މީހެއްގެ ފޮޓޯ މިއަދު އާއްމުކޮށްފި އެވެ.

ފުލުހުންގެ އެ ތަހުގީގަށް ހޯދަނީ ބ. ހިތާދޫ، ޝާމިލް ޔައުޤޫބް، 20 އާއި، ހަމަ އެރަށު ޕެންޒީ، މުހައްމަދު ޔޫސުފް، 20، އެވެ. މިހާތަނަށް ފުލުހުން ކުރި މަސައްކަތުން މި ދެމީހުން އަދި ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އިއުލާންގައި ވަނީ މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.

އެކަމަކު އެ ދެ މީހުން ހޯދާ މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

މިފަދަ މައްސަލަ ތަކުގައި ފުލުހުންނާ މައުމޫލާތު ހިއްސާކުރާ ފަރާތަކަށް ލިބިދޭން ޖެހޭ ރައްކާތެރިކޮށް ފުލުހުން ފޯރުކޮށްދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.