ސިހުރުހެދުމުގެ ތުހުމަތުގައި ފުޅަދޫ ތިންމީހުން ހައްޔަރުކޮށްފި

ބ. ފުޅަދޫ
ބ. ފުޅަދޫ

ސިހުރު ހާރޫން ހަދައިގެން މީހެއްގެ ފުރާނައަށް ގެއްލުން ދޭން އުޅުނު ކަމުގެ ތުހުމަތުގައި ބ. ފުޅަދޫން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ވަގުތަށް” އޮންލައިން ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސިހުރު ހަދާކަމުގެ މައުލޫމާތު ލިބިގެން މިއަތޮޅު ފުޅަދޫން ރޭ ވަނީ ތިން މީހަކު ހައްޔަރު ކޮށްފަ އެވެ. މީގެ ތެރޭގައި، ބ. ފުޅަދޫ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާވެސް ހިމެނޭ ކަމަށް އެ ރަށުން މަޢުލޫމާތު ދިން މަސްދަރުތަކުން ބެނެފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައި ވެ އެވެ.

ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން ރޭ ފުޅަދޫގެ ދެ ގެ އެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ދެ ގެއިން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެ ގެ ބަލައި ފާސްކުރީ މީހެއްގެ ފުރާނައަށް ގެއްލުން ދޭން މަސައްކަތް ކުރި ތުހުމަތުގައި ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

މީގެ އިތުރުން ހެކި ނައްތާލުމަށް މަސަައްކަތް ކުރި މީހަކުވެސް މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެރަށުން ރޭ ހައްޔަރުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.