
ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މިއަތޮޅު ހިތާދޫ ދެމީހަކު ހޯދަން ފުލުހުން ފޮޓޯއާ އެކު އިއުލާން ކުރުމާއެކު އެ ދެ މީހުން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.
ފުލުހުން ބުނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިއަދު ހޯދަން އިޢުލާނު ކުރި ބ. ހިތާދޫ ޝާމިލް ޔައުޤޫބާއި މުހައްމަދު ޔޫސުފް މިރޭގެ ވަގުތެއްގައި ފުލުހުންގެ މަރުކަޒަށް ހާޒިރުވެފައިވާ ކަމަށެވެ.
އެކަމަކު އެ ދެ މީހުން ހޯދާ މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.