ރެޑްބުލް އޭދަފުށި ކޮލިފައިން އަނެއްކާވެސް ފަސްކޮށްފި

886024_786178438176967_822474469124374613_o

ރެޑްބުލް އިން އިންތިޒާމްކޮށްގެން މިއަދުު އޭދަފުށިން ފެށުމަށް ތާވަލުކުރި ރެޑްބުލް ވިނިން ފައިވް ކޮލިފައިން އަނެއްކާވެސް ފަސްކޮށްފި އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން އޭދަފުށީގައި ބާއްވާ ކޮލިފައިން އޮންނާނީ ނޮވެމްބަރު 20-21 އަށެވެ.

މުބާރާތް ފަސްކުރުމާ ގުޅިގެން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އަނެއްކާވެސް ވަނީ އިތުރު ކޮށްފަ އެވެ.

އޭދަފުށި ކޮލިފައިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރެޑްބުލްގެ އޭދަފުށި ޕާޓްނާ ޝޮޕް “ބައްޕި ކިޑްސް” ފިހާރައިން ލިބެން ހުންނާނެ އެވެ. މި ފޯމް އޮންލައިންކޮށްވެސް ލިބެން ހުންނާނެ އެވެ.

އޭދަފުށީ ކޮލިފައިން ގައި މިއަތޮޅުގެ އެހެން ރަށްރަށުގެ ޓީމުތަކަށްވެސް ބައިވެރިވެވޭނެ އެވެ.

ރެޑްބުލް އިން އިންތިޒާމްކޮށްގެން މިދިޔަ ދެ އަހަރު ވެސް ރާއްޖޭގައި ބާއްވައި ޒުވާނުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ވިނިން ފައިވް މުބާރާތް މި އަހަރު ކުރިއަށް ވުރެ ފުޅާކޮށް ބާއްވަން ވަނީ ނިންމައިފަ އެވެ.
އޭދަފުށިން ކޮލިފައިވާ 2 ޓީމަކަށް މާލޭގައި އޮންނަ ބޮޑު މުބާރާތަށް ދިޔުމުގެ ފުރުސަތު ލިބޭނެ އެވެ. ކޮލިފައިން މުބާރާތުގައި މާލެގައި ގިނަވެގެން 128 ޓީމު ހޮވޭނެ އެވެ. އަދި މާލެ ފިޔަވައި އެހެން ކޮންމެ ސަރަހައްދަކުން ހޮވާލެވޭނީ ގިނަވެގެން 32 ޓީމެކެވެ.

ރެޑްބުލް އިން މި މުބާރާތް ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވަ އެވެ. އެގޮތުން ރާއްޖޭގެ ޗެމްޕިއަން ޓީމަށް ދުނިޔޭގެ މުބާރާތުގައި ވާދަކުރުމަށް ބްރެޒިލްގެ ސަންޓޯސް އަށް ދިއުމުގެ ފުރުސަތު ދޭނެ އެވެ. ސަންތޯސް އަކީ ބްރެޒިލްގެ މަޝްހޫރު ސަންތޯސް އެފްސީ ނިސްބަތްވާ ކްލަބެވެ. އެއީ ބްރެޒިލްގެ ނޭމާ އާއި ރޮބީނިއޯ އަދި ޕެލޭ ވެސް ވިދާލި ކްލަބެވެ.

މިއީ ފުޓްސަލް ސްޓައިލުގެ މުބާރާތަކަށް ވިޔަސް އާއްމުކޮށް ކުޅޭ ފުޓްސަލް ނުވަތަ ފައިވް އޮން ފައިވްގެ ގަވާއިދުތަކާ މި މުބާރާތުގެ ގަވާއިދު ތަފާތެވެ. އެގޮތުން އެއްވެސް ޓީމެއްގައި ގޯލްކީޕަރެއް ނުހުންނާނެ އެވެ. އަދި އެއް ޓީމުން ލަނޑެއް ޖަހައިފި ނަމަ އަނެއް ޓީމުގެ ކުޅުންތެރިއަކު ވަގުތުން ފައިބަން ޖެހޭނެ އެވެ. ކޮންމެ މެޗަކަށް 10 މިނިޓު ކަނޑައަޅާފައި އޮތް ނަމަވެސް، ޓީމެއްގެ ކުޅުންތެރިން ހުސްވެއްޖެ ނަމަ އެ ވަގުތު ހަމަވުމުގެ ކުރިން މެޗު ނިމޭނެ އެވެ. ދެ ޓީމު އެއްވަރުވެގެން މެޗު ނިމިއްޖެ ނަމަ، ނަތީޖާ ކަނޑައަޅާނީ ޕެނަލްޓީ ޖަހައިގެންނެވެ.

މުބާރާތުގެ އޮފިޝަލް ޓީވީ ޕާޓްނަރަކީ ޕީއެސްއެމް އެވެ. އޮންލައިން ޕާޓްނަރަކީ ހަވީރު އޮންލައިން އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ނޫމާން

    ވަރައް ކުޅުންތެރިން ގިނަރަށެކޯ!!!!! މީހާލަތަކީ!!! ބ.އަތޮޅުގެ އެހެންރަށަކަށް މުބާރާތް ބަދަލުކުރުން ވަރަށް މުހިންމު؛؛؛؛

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.