
ސާފު ނުކޮށް ގިނަ ދުވަސް ވުމުގެ ސަބަބުން ވަރަށް ބޮޑަށް ހުއި ގަސްތަކާއި ވިނަ ގަސްތަކުން ފުރިފައިވާ އޭދަފުށީ ގަބުރުސްތާން ސާފުކުރުމުގެ ބޮޑު ހަރަކާތެއް އަންނަ ހަފްތާގެ ހުކުރު ދުވަހު ކުރިއަށް ގެންދަން ނިންމައިފި އެވެ.
އޭދަފުށީ ކައުންސިލުގެ ރައީސާ ނާޒްނީނާ ޔޫސުފް ރޭ “އީޓީ” އަށް ވިދާޅުވީ ދިވެހިގައުމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ގަބުރުސްތާން ސާފުކުރަން ހިންގާ ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހު ހެނދު ކަމަށެވެ.
ނާޒްނީނާ ވިދާޅުވި ގޮތުގައި ކުރިން މި ހަރަކާތް ބާއްވަން ނިންމީ މާދަމާ އެވެ. ނަމަވެސް މޫސުމަށް ބަލާފައި އަންނަ ހުކުރު ދުވަހު ހެދުނު މި މަސައްކަތް ކުރާގޮތަށް މިހާރު ފަސްކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
“މީގައި ކައުންސިލާއި ސަރުކާރުގެ އެކި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުން އަދި ޒުވާނުންވެސް ބައިވެރިވާނެ. އެ ފަރާތްތަކާ އެކު މަޝްވަރާތައް ވެސް ބޭއްވިފައިވޭ. އަޅުގަނޑުމެން ކުރިން ނިންމީ މާދަމާ މި ހަރަކާތް ކުރިއަށް ގެންދަން. ނަމަވެސް އެންމެންގެ މަޝްވަރާގެ މަތިން ރޭ ނިންމީ އަންނަ ހުކުރު ދުވަހު މި މަސައްކަތް ކުރާގޮތަށް، އެއީ މިދުވަސްކޮޅު ވިއްސާރަކޮށް އުޅޭތީ،” ނާޒްނީނާ ވިދާޅުވި އެވެ.

ގަބުރުސްތާނު ވިނަ ނޮޅައި ސާފުނުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް މިހާރު ވަނީ ވެފަ އެވެ. އެނގިފައިވާ ގޮތުގައި އެންމެފަހުން ރަށު ކައުންސިލުން ގަބުރުސްތާން ސާފުކުރުވާފައި ވަނީ މީގެ ދޮޅު އަހަރެއްހާ ކުރިންނެވެ. ވިނަ ގަސްތަކާއި ހުއި ގަސްތައް މިހާރު ހުރީ ހަ ފޫޓް އުސްކޮށްހުރި ގަބުރުސަތާނުގެ ބައެއް ސަރަހައްދު ތަކުގެ ވަށާފާރުގެވެސް މަތިން ބޭރަށް ފެންނާށެވެ.
ނާޒް ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ހަރަކާތަކީ ކުރިން ބޭއްވި މިފަދަ ހަރަކާތްތަކާ ތަފާތުކޮށް ބޮޑު ހަރަކާތަކަށް ހެދޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ގަބުރުސްތާނު ހުއި ގަސްތައް ނޮޅައި ސާފުކުރުމަށްފަހު ދެން އެތަން ދެމެހެއްޓެނިވި ގޮތަކަށް ކުރުމަށް މަސައްކަތް ކުރާނެކަމަށެވެ.
“ކެއުމާ ސަޔާއެކު ވަރަށް ފޯރީގައި ގެންދަން މިރާވަނީ. ދެން އަޅުގަނޑުމެން ބަލާނަން ދެމެހެއްޓެނިވި ގޮތަކަށް މިތަން (ގަބުރުސްތާން) ބެލެހެއްޓޭތޯ”
ގަބުރުސްތާން ސާފުކޮށް ބަލަހައްޓަން ސަރުކާރުން މަހަރު 900 ރ ބަޖެޓެއް ދީފައި އޮންނަ ކަމަށްވެ އެވެ.
ގަބުރުސްތާން ސާފުކުރާނެ ބަޔަކު މިހާތަނަށް ހޯދިފައި ނެތަސް، ކައުންސިލުން ދޭތެރެ ދޭތެއިން ސަރުކާރު މުވައްޒަފުން ބައިވެރިކޮށްގެން ރަށުގެ އަތިރިމައްޗާއި ކުނިގޮނޑުފަދަ ތަންތަން ސާފުކުރުމުގެ ހަރަކާތްތައް ހިންގަ އެވެ.
ގަބުރުސްތާނުން ނަގާ ހުއިތަކާއި ވިނަތައް، ވަކި އުޞޫލެއްގެ ތެރެއިން، އޭދަފުށީގެ ހިއްކި ސަރަޙައްދުގެ ” ހޭޅި ” އުފައްދައި ތަރައްޤީ ކުރުމަށް ބޭނުންކުރެވިދާނެ. ހަރުދަނާ ވިސްނުމެއްގެ ދަށުން މިދެންނެވި ގަސްގަހާގެހި ބޭނުންކޮށްގެން އުފެއްދުންތެރި ހޭޅި އަށް އިތުރު ފުރިހަމަ ކަމެއް ގެނައުމަށް (ޤާނޫނީ ތަރަޙައިގެ ތެރެއިން) ގަސްގަހާގެއްސާއި ރުއް ހޯދައިގެން އިންދިދާނެ.
އުފެއްދުންތެރި ޚިޔާލަށް މަރުޙަބާ ކިޔަން.
ގަބުރުސްތާން ސާފުކޮށް ބަލަހައްޓަން ސަރުކާރުން މަހަރު 900 ރ ބަޖެޓެއް ދީފައި އޮންނަ ކަމަށްވީ ހިނދު، ސާފު ނުކޮށް ދޮޅުއަހަރު ވެފައިވާކަމަށް ވަނަމަ، 16200.00 ރުފިޔާ ހުންނަންވާނެތާ! އެ ފައިސާ އެބަހުރިތޯ؟