އަނަންތަރާ “ކިހަވައް އޮލިމްޕިކްސް” ފަށައިފި

ކިހަވައް އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި އިއްޔެ މުބާރާތުގައި ވާދަކުރާ ޓީމުތައް އެތުރިލައިގެން. – އީޓީ ފޮޓޯ / ތޯރިގް
ކިހަވައް އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި އިއްޔެ މުބާރާތުގައި ވާދަކުރާ ޓީމުތައް އެތުރިލައިގެން. – އީޓީ ފޮޓޯ / ތޯރިގް

 

އަނަންތަރާ އިން ބ. އަތޮޅުގައި ހިންގަމުން އަންނަ އަނަންތަރާ ކިހަވައް ވިލާސް ރިސޯޓުން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ކިހަވައް އޮލިމްޕިކްސް އިއްޔެ ފަށައިފި އެވެ.

އަނަންތަރާ ކިހަވައް ވިލާސް ރިސޯޓުގައި އިއްޔެ ހަވީރު މި ކުޅިވަރުތައް ފައްޓަވައިދެއްވީ ރިސޯޓްގެ ޖެނެރަލް މެނޭޖަރު ޖޯން މާކު އެވެ.

އަނަންތަރާގައި އިއްޔެ ފެށި "ކިހަވައް އޮލިމްޕިކްސް" ގެ ތެރެއިން. --އީޓީ ފޮޓޯ: ތޯރިގް
އަނަންތަރާގައި އިއްޔެ ފެށި “ކިހަވައް އޮލިމްޕިކްސް” ގެ ތެރެއިން. –އީޓީ ފޮޓޯ: ތޯރިގް

 

މި އަހަރުގެ ކިހަވައް އޮލިމްޕިކްސްގައި ވެސް ރިސޯޓްގެ މުވައްޒަފުން ވަނީ ހަތަރު ޓީމަކަށް ބަހާލައިފަ އެވެ. މިފަހަރު ޓީމުތަކަށް ނަންތައް ދީފައިވަނީ ބައްރު ތަކަށް ނިސްބަތްކޮށެވެ. ޓީމުތަކަކީ އޭޝިޔާ، އެފްރިކާ، އެމެރިޔާ އަދި ޔޫރަޕެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކިހަވައް އޮލިމްޕިކްސްގައި މި އަހަރު 22 ކުޅިވަރު ހިމެނެ އެވެ.

ކިހަވައް އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބ. އަތޮޅު ހޮސްޕިޓަލުގެ އަންހެން މުވައްޒަފުން ނެށުމުގެ އައިޓަމެއް ހުށަހަޅައިދެނީ--. – އީޓީ ފޮޓޯ / ތޯރިގް
ކިހަވައް އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބ. އަތޮޅު ހޮސްޕިޓަލުގެ އަންހެން މުވައްޒަފުން ނެށުމުގެ އައިޓަމެއް ހުށަހަޅައިދެނީ–. – އީޓީ ފޮޓޯ / ތޯރިގް

 

މި ކުޅިވަރުތައް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އިސްމާއިލް ޝަހީމު ވިދާޅުވީ ކިހަވައް އޮލިމްޕިކްސްގެ ކުޅިވަރުތައް ބާއްވަމުން އަންނަނީ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ ގޮތުން ކަމަށެވެ.

 

އަނަންތަރާގައި އިއްޔެ ފެށި "ކިހަވައް އޮލިމްޕިކްސް" ގެ ތެރެއިން. --އީޓީ ފޮޓޯ: ތޯރިގް
އަނަންތަރާގައި އިއްޔެ ފެށި “ކިހަވައް އޮލިމްޕިކްސް” ގެ ތެރެއިން. –އީޓީ ފޮޓޯ: ތޯރިގް

 

މިއީ މި ކުޅިވަރުތައް އެ ރިސޯޓުގައި ކުރިއަށްގެންދާ ހަތަރު ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.