އެމްއޭއެމްގެ އިންތިހާބު ނިމެންދެން ފަސްކޮށްފައިވާ މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި އޭދަފުއްޓާއި ހިތާދޫ ޓީމު ކުޅޭ މެޗު އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފި އެވެ.
މުބާރާތުގައި ހިތާދޫގައި ކުޅުނު މެޗުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 3-0 އިން ކާމިޔާބު ކުރީ އޭދަފުށި ޓީމެވެ.
މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި ބ. އަތޮޅުން ބައިވެރިވެފައިވަނީވެސް މި ދެ ޓީމު އެކަންޏެވެ.
ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އޭދަފުއްޓާއި ހިތާދޫ ބައްދަލުކުރާ މެޗުން އޭދަފުށި ތިންގޯލުގެ ތަފާތުން ބަލިނުވެއްޖެނަމަ އަތޮޅު ޗެމްޕިއަންކަމާއެކު ޒޯން މުބާރާތަށް އޭދަފުށި ކޮލިފައިވާނެ އެވެ.
ފެންވަރު ރަގަޅު ކުޅުމެއް ފެންނާނެ ކަމަށް އުންމީދު ކުރަން.