ބ. އަތޮޅު ކައުންސިލު ބަށީ މުބާރާތުގެ ގުރުލުން މާދަމާ

bashi
ބ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން މިއަތޮޅަށް ހުޅުވާލައިގެން ބާއްވާ ބަށި މުބާރާތުގެ ގުރުލުން މާދަމާ ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނިގޮތުގައި، ނޮވެމްބަރު 21-27 ގެ ނިޔަލަށް ބާއްވާ މި މުބާރާތުގެ ގުރުލުން އޮންނާނީ އެ އިދާރާގައި މާދަމާ ހެނދުނު އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ މުބާރާތުގެ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މިއަހަރު މުބާރާތް ކުރިއަށް ދާނީ އޭދަފުށީ ދެކުނު ފަރާތު ހިއްކި ބިމުގަ ކަމަށެވެ.

ފޯރިއާއެކު މިދިޔަ އަހަރު ފެށި މި މުބާރާތުގައި މިއަހަރުވެސް މިއަތޮޅުގެ ހަ ރަށުން ވާދަކުރެ އެވެ. އެއީ ގޮއިދޫ، ތުޅާދޫ، އޭދަފުށި، މާޅޮސް، ހިތާދޫ އަދި ފުޅަދޫ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރ. އަދި ރަނަރަޕް ޓީމަށް ވަނީ 15،000ރ. ހުށަހަޅައިފަ އެވެ.

އަތޮޅު ކައުންސިލުން ބުނިގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ތާރީހީ ކުޅިވަރެއް ކަމަށްވާ ބަށި ތަރައްގީކޮށް މުބާރާތްތަކުގައި ވާދަ ނުކުރެވޭ އަންހެން ކަނބަލުންތަކަށް އެ ފުރުސަތު ހޯދައިދިނުމެވެ.

ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގެ މިދިއަ އަހަރުގެ ޗެމްޕިއަންކަން ހޯދީ އޭދަފުށީ ބަށި ޓީމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު ރަޝީދު (ސީޓޭ)

    ވާދަވެރި މާޙައުލެއްގައި، އެކުވެރިކަމާ އެއްބައިވަންތަ ކަމާއެކު މުބާރާތް ނިންމާލާނެ ކަމުގައި އުންމީދު ކުރަން.
    ކާމިޔާބު މުބާރާތަކަށް އެދެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.