“ފިނޮޅު” ރިސޯޓް އަންނަ އަހަރު ހުޅުވަނީ

ކޯސްޓަލައިނުން ބ. އަތޮޅުގައި ތަރައްގީކުރާ "ފިނޮޅު" ރިސޯޓްގެ މަތިން ނަގާފައިވާ ފޮޓޯއެއް.
ކޯސްޓަލައިނުން ބ. އަތޮޅުގައި ތަރައްގީކުރާ “ފިނޮޅު” ރިސޯޓްގެ މަތިން ނަގާފައިވާ ފޮޓޯއެއް.

ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ބ. އަތޮޅުގައި ތަރައްގީކުރާ “ފިނޮޅު” ރިސޯޓް އަންނަ އަހަރުގެ މެދުތެރޭގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ރިސޯޓް ހިންގަން ހަވާލުވެފައިވާ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީއާ ހަވާލާދީ، ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓާއި ހަވާލާދީ ހަވީރު އޮންލައިނުގައި ބުނެފައި ވަނީ މި ރިސޯޓަކީ ފުރިހަމަ، ޒަމާނީ އަދި އަޖައިބުކުރުވަނިވި ރިސޯޓަކަށްވާނެ ކަމަށެވެ.

ފިނޮޅު ހިންގާ ކުންފުންޏަކީ މި އަތޮޅުގައި އޮންނަ އަމިއްލަފުށި ރިސޯޓް ވެސް ހިންގާ ކުންފުންޏެވެ. މި ދެ ރިސޯޓް ވެސް ތަރައްގީކުރުމުގެ މަސައްކަތްކުރީ މަޝްހޫރު ވިޔަފާރި ކުންފުނި ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ.

ސްމޯލް މޯލްޑިވްސްއާ ހަވާލާދީ ބުނެފައި ވަނީ އެ ރިސޯޓްގައި ހަދާފައިވާ އެއްގަމު ވިލާ އަދި މޫދު ވިލާތަކުގައި އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ތަންތަން ހިމެނޭ ކަމަށެވެ. އަދި އެ ރަށުގައި ތަފާތު ހަތް ވައްތަރުގެ ވިލާ ހުންނައިރު ޕްރައިވެޓް ސްވިމިން ޕޫލް ހިމެނޭ ވިލާތައް ވެސް ހުންނާނެ ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނެފައި ވަނީ ރިސޯޓްގައި މަސައްކަތްކުރާނީ އޮސްޓްރޭލިއާގެ މަޝްހޫރު ޝެފް، ލޫކް މެންގަން ކަމަށެވެ.

އެ ރިސޯޓްގައި މުނިފޫހިފިލުވުމާއި ކަސްރަތުކުރުމަށް ހާއްސަ ކަންތައްތަކެއް ހިމަނާފައިވެ އެވެ. އަދި ތަފާތު މޫދު ކުޅިވަރުތައް ވެސް ތައާރަފްކުރެވޭނެ ކަމަށް ވެސް އެ ވެބްސަައިޓްގައި ބުނެފައިވެ އެވެ.

ސްމޯލް މޯލްޑިވްސް އިން ހިންގާ 71 ކޮޓަރީގެ ހިތްގައިމު އަމިއްލަފުށި ރިސޯޓް ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 21ވަނަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.