އަތޮޅު ކައުންސިލް ބަށި މުބާރާތް: އޭދަފުއްޓާ ގޮއިދޫ އެއް ގްރޫޕަކަށް

އަތޮޅު ކައުންސިލު ބަށީ މުބާރާތުގެ ގުރުނެގުމުގެ ހަފްލާގެ ތެރެއިން

ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގެ އެންމެ ގަދަ ދެ ޓީމު އޭދަފުއްޓާއި ގޮއިދޫ އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

މިގޮތަށް ހަމަޖެހުނީ އިއްޔެ އަތޮޅު ކައުންސިލު އިދާރާގައި ބޭއްވި މުބާރާތުގެ ގުރުނެގުމުގަ އެވެ.

އޭދަފުއްޓާއި ގޮއިދޫ ހިމެނޭ ގްރޫޕް އޭ ގައި ދެން އޮތީ މާޅޮހެވެ. ގްރޫޕް ބީ ގައި ހިމެނެނީ ފުޅަދޫ، ތުޅާދޫ އަދި ހިތާދޫ އެވެ.

ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތް އޮންނާނީ ނޮވެމްބަރު މަހުގެ 22-27 އަށް އޭދަފުށީ ދެނުކު ފަރާތު ހިއްކި ސަރަހައްދުގަ އެވެ. މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނި ހަވީރު އެވެ.

މުބާރާތުގައި ހިމެނޭ 6 ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާއިރު ސެމީ ފައިނަލަށް ހޮވޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ނޮވެމްބަރު 27 ވަނަ ދުވަހު އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ލިބޭއިރު ރަނަރަޕް ޓީމަށް 15،000 ރުފިޔާ ލިބެއެވެ.

އަތޮޅު ކައުންސިލުން ބުނިގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ތާރީހީ ކުޅިވަރެއް ކަމަށްވާ ބަށި ތަރައްގީކޮށް މުބާރާތްތަކުގައި ވާދަ ނުކުރެވޭ އަންހެން ކަނބަލުންތަކަށް އެ ފުރުސަތު ހޯދައިދިނުމެވެ.

މުބާރާތުގެ ޝެޑިއުލް

22 ނޮވެމްބަރު 2015: ފުޅަދޫ – ހިތާދޫ

  • 22 ނޮވެމްބަރު 2015: މާޅޮސް – އޭދަފުށި
  • 23 ނޮވެމްބަރު 2015: ތުޅާދޫ – ފުޅަދޫ
  • 23 ނޮވެމްބަރު 2015: ގޮއިދޫ – މާޅޮސް
  • 24 ނޮވެމްބަރު 2015: ހިތާދޫ – ތުޅާދޫ
  • 24 ނޮވެމްބަރު 2015: އޭދަފުށި – ގޮއިދޫ
  • 25 ނޮވެމްބަރު 2015: ސެމީ ފައިނަލް
  • 27 ނޮވެމްބަރު 2015: ފައިނަލް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.