
ގައުމީ ޔުނިވަސިޓީން އަންނަ އަހަރު ބ. އޭދަފުށީގައި އާ ކޯސްތަކެއް ފެށުމަށް ހަމަޖައްސައިފި އެވެ.
އެ ޔުނިވަސިޓީން އަންނަ އަހަރުގެ ފުރަތަމަ ޓާމުގައި އޭދަފުށީގައި ފެށުމަށް ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިަ އެވެ. އެގޮތުން ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ ޑިޕްލޮމާއިން ބިޒިނަސް އާއި އެޑްވާންސްޑް ޑިޕްލޮމާއިން އެޑިޔުކޭޝަން (އާލީ ޗައިލްޑްހުޑް) އެވެ.
ކޯސްތަކާގުޅޭ ބައެއް މައުލޫމާތު؛
- ޑިޕްލޮމާއިން ބިޒިނަސް ކޯހުގެ އެންމެ ދަށް ޝަރުތު ތަކުގެ ތެރޭގައި އޯލެވެލް ތިން މާއްދާއިން ފާސްވެފައިވުން ހިމެނޭ. މި ކޯހުގެ މުއްދަތަކީ ދެ އަހަރާއި ފަސް މަސްދުވަސް (5 ސެމިސްޓާ)
- އެޑްވާސްޑް ޑިޕްލޮމާ އިން އެޑިޔުކޭޝަން ޝަރުތުތަކުގެ ތެރޭގައި އޭލެވެލް ދެ މާއްދާއިން ފާސްވެފައިވުން . ނުވަތަ އެމްކިޔުއޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އާލީ ޗައިލްޑްހުޑް އެކިޔުކޭޝަން ދާއިރާއިން ހާސިލުކޮށްފައިވުން، މި ކޯހުގެ މުއްދަތަކީވެސް ދެ އަހަރާއި 5 މަސް ދުވަސް (ފަސް ސެމިސްޓާ)
އެމްއެންޔޫ އިން މި ކޯސްތައް އޭދަފުށީ އައުޓްރިޗް ސެންޓަރުގައި ހިންގާނީ ބްލޮކް މޯޑަށެވެ.
މި އަހަރު ނިމެން ވާއިރަށް ހުރިހާ ޓީޗަރުންގެ ފެންވަރު ޑިޕްލޮމާއަށް ވުރެ މަތީގައި ހުންނަން ޖެހޭތީ ގައުމީ ޔުނިވަސިޓީން ޓީޗަރުންނަށް ހާއްސަކޮށްގެން ޑިޕްލޮމާ ކޯސްތަކެއް އޭދަފުށީގައި މިއަހަރު އެ ޔުނިވަސިޓީން ވަނީ ހިންގައިފަ އެވެ.