
ހިތުގެ ބަލިތަކާއި ކަށީގެ ބަލިތަކާ ގުޅުން ހުރި ހާއްސަ ޑޮކްޓަރުންގެ ކޭމްޕެއް އޭދަފުށީގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.
އާސަންދައިން ބުނ ގޮތުގައި މި މަހުގެ 23 އަދި 24 ވަނަ ދުވަހު ބ. އަތޮޅު ހޮސްޕިޓަލުގައި ބާއްވާ މި ކޭމްޕަގައި، ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރު ޑރ. އާނަންދަސޭނައި ފަރުވާ ދެއްވާނީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކަށެވެ. އޭގެ ތެރޭގައި ހާޓްއެޓޭކާއި ލޭ ހޮޅިތަކުގެ ތަފާތު މައްސަލަތައް ދެނެގަނެ އެ ބަލިތަކަށްވެސް ފަރުވާ ކުރައްވާނެއެވެ.އ
އަދި ހަމުގެ ބަލިތަކަށް ބަލިތަކުގެ ހާއްސަ ޑޮކްޓަރު ލް ކިނީ ފަރުވާދެއްވާނީ ކަށީގެ މައްސަލަތަކާއި ހުޅުހުޅު އަދި ހުޅުތަކާ ގުޅިފައިވާ ލިގަމެންޓްގެ މައްސަލަތަކެވެ. އޭގެ ތެރޭގައި އާތުރައިޓިސްއާއި ހުޅުހުޅުގައި ރިއްސުމާއި ބިންދައިގެން ދިއުމާއި ކަށި ފީވުމާއި އުނަގަނޑުގައި ރިއްސުންފަދަ ބަލިތަކަށް ފަރުވާ ދެއްވަން ހަމަޖެހިފައިވާ ކަމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑުން ބުންޏެވެ.
މި ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓް ކުރުމަށާއި އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތަތްކުން ބ. އަތޮޅު ހޮސްޕިޓަލުގެ 6608309 ނަންބަރު ފޯނާ ގުޅުމަށް އާސަންދައިން އެދެއެވެ.
ހިތުގެ ބައްޔާއި ކަރުން މަތީގެ ބަލިތަކާ ބެހޭ ސްޕަ ސުޕެޝަލިސްޓުން މއަހަރުގެ މޭމަހު ވެސް އޭދަފުއްޓަށް ޒިޔާރަތްކޮށް ބަލިމީހުންނަށް ފަރުވާދީފައި ވެ އެވެ.
ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ދިނުމަކީ ރައީސް ޔާމީންގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވަރަށް މުހިންމު ކަމެކެވެ. އަދި މި ހިދުމަތުގެ ސަބަބުން، އެކި ރަށްރަށުގައި ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.