މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި އޭދަފުއްޓާއި ހިތާދޫ ޓީމު ކުޅޭ މެޗު އަނެއްކާވެސް ފަސްކޮށްފި އެވެ
ކުރިން މާދަމާ ކުޅެން ހަމަޖެހިފައި އޮތް މެޗު މިހާރު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ.
މުބާރާތުގައި ހިތާދޫގައި ކުޅުނު މެޗުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 3-0 އިން ކާމިޔާބު ކުރީ އޭދަފުށި ޓީމެވެ.
މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި ބ. އަތޮޅުން ބައިވެރިވެފައިވަނީވެސް މި ދެ ޓީމު އެކަންޏެވެ.
ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އޭދަފުއްޓާއި ހިތާދޫ ބައްދަލުކުރާ މެޗުން އޭދަފުށި ތިންގޯލުގެ ތަފާތުން ބަލިނުވެއްޖެނަމަ އަތޮޅު ޗެމްޕިއަންކަމާއެކު ޒޯން މުބާރާތަށް އޭދަފުށި ކޮލިފައިވާނެ އެވެ.