ހިތާދޫ ބަލިކޮށް ޒޯން މުބާރާތަށް އޭދަފުށި ކޮލިފައިވެއްޖެ

އޭދަފުށި - ހިތާދޫ ބައްދަލުކުރި މެޗުގެ ތެރެއިން-- އީތީ ފޮޓޯ / ސައިނޯސާ ރާއި
އޭދަފުށި – ހިތާދޫ ބައްދަލުކުރި މެޗުގެ ތެރެއިން– އީތީ ފޮޓޯ / ސައިނޯސާ ރާއި

 

މިހާރު ކުރިއަށްދާ މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި ހިތާދޫގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައި އޭދަފުށި ޒޯންމުބާރާތަށް ކޮލިފައިވެއްޖެއެވެ. މިއަދު ހަވީރު އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗް އޭދަފުށި ކާމިޔާބުކުރީ 10-0 އިންނެވެ. މި މޮޅާއެކު އޭދަފުއްޓަށް އަތޮޅު ޗެމްޕިއަންކަން ލިބުނީ 13- 0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ފުތަމަ މެޗް ހިތާދޫގައި ކުޅެ އޭދަފުށި ކާމިޔާބުކުރީ 3-0 އިންނެވެ.

މިއަދުގެ މެޗްގައި އާދަމް ނިޒާމް (ކިތުނާ) ވަނީ ތިން ގޯލްޖަހާފައެވެ. އިޝާން އިބްރާހިމް (ސައްޓު) އަދި އަޙްމަދު ހަނީފް، މިއިން ކޮންމެ ކުޅުންތެރިއަކު ދެގޯލް ޖަހާފައިވާއިރު އަނެއް ތިން ގޯލް ކާމިޔާބުކޮށްދިނީ ޢަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ)، މުޙައްމަދު ފާސިރު އަދި އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ ޢަލީ ނަސީމް އެވެ. މެޗްގެ ފުރަތަމަ ހާފްގައި ހިތާދޫގެ ދެކުޅުންތެރިއަކަށް ވަނީ ރަތްކާޑު ދައްކާފައެވެ.

އަތޮޅު މުބާރާތުގައި ބ. އަތޮޅުން ބައިވެރިވީވެސް މި ދެރަށުން އެކަންޏެވެ. އޭދަފުއްޓާއެކު ޒޯން މުބާރާތުގައި ވާދަކުރާނީ ރ. އަތޮޅު ޗެމްޕިއަންކަން ހޯދި ދުވާފަރާއި ޅ. އަތޮޅު ޗެމްޕިއަން ހޯދި ހިންނަވަރެވެ. ޒޯން މުބާރާތް ފަށާނެ ވަކި ދުވަހެއް އަދި އެފް. އޭ. އެމް އިން އިއުލާން ކޮށްފައެއް ނުވެއެވެ. ނަމަވެސް ޒޯން މުބާރާތްވެސް ކުޅޭނީ އަތޮޅު މުބާރާތް ކުޅުނު ގޮތަށް ހޯމް އެންޑް އަވޭ އުސޫލުންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އަންނަމަހުގެ ތެރޭގައި ޒޯން މުބާރާތް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ޒޯން ޗެމްޕިއަންސްގެ މެދުގައި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން އެފް. އޭ. އެމް އިން ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރުގެ ޤައުމީ ފުޓްބޯޅަ މުބާރާތުން ފުރުޞަތު ލިބޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.