އައުޓްބޯޑް އިންޖީނު މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއް ފަށައިފި

އައުޓްބޯޑް އިންޖީނު މަރާމާތުކުރަން ދަސްކޮށްދޭ ކޯސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ / ޕޮލިސް
އައުޓްބޯޑް އިންޖީނު މަރާމާތުކުރަން ދަސްކޮށްދޭ ކޯސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން– ފޮޓޯ / ޕޮލިސް

ބ. އޭދަފުށި ފޭލި ޖަމިއްޔާ އާއި ފުލުުހުން ގުޅިގެން އައުޓްބޯޑު އިންޖީނު މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއް ފަށައިފި އެވެ.

ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި ކޯސް އޭދަފުށީ މަލްޑިޕާޕަސް ހޯލުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި ޝަރަފުވެރިކޮށްދެއްވީ ފުލުހުންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދެވެ.

DSC_0257

ހަމްދޫން ރަޝީދު ވިދާޅުވީ މިކޯހަކީ ޒުވާނުން ފަންނީ އެކި ދާއިރާތަކުން ތަމްރީންކޮށް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ ކުށުގެ ވެށިން ޒުވާނުން ދުރުކުރަމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެއް ކަމަށެވެ.

Aud

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނޯތު ޕޮލިސް ޑިވިޒަންގެ ހެޑް، އިސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ނަޞީރު ވިދާޅުވީ މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކުރަންޖެހުނު ކޮންމެ ކަމެއްގައިވެސް ޖަމިއްޔާތަކާ ގުޅިގެން ފުލުހުންގެ ވަސީލަތްތައް ތަންދިން އެންމެ ފުރިހަމައަކަށް އެކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޖަމިއްޔާތަކާ ގުޅިގެން މިފަދަ އިތުރު މަސައްކަތްތައް ކުރުމަށް ތައްޔާރަށް ތިބި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ޖުމްލަ 34 މީހުން ބައިވެރިވެ އެވެ. ކޯހުގައި ކިޔަވައިދެއްވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިހާއި ހަސަން މެރިން އާއި އެލިއާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު ރަޝީދު (ސީޓޭ)

    ބ. އޭދަފުށި ފޭލި ޖަމިއްޔާ އަކީ، މުޅި ރާއްޖޭގެ ޒުވާނުން، އެ ޖަމްޢިއްޔާއަށްޓަކައި ފަޚުރުވެރިވާ ނަމޫނާ ޖަމްޢިއްޔާއެއްކަމުގައި ދެކެން.
    ފޭލި ޖަމްޢިއްޔާގެ މަޤަޞަދު ޙާސިލްވާތަން ފެނޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.