ބ. އަތޮޅު ކައުންސިލުގެ ބަށި މުބާރާތް ފަށައިފި

ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގައި އޭދަފުއްޓާ މާޅޮސް ކުޅުނު މެޗުގެ ތެރެއިން— އީޓީ ފޮޓޯ / ސައިނޯސާ ރާއި
ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގައި އޭދަފުއްޓާ މާޅޮސް ކުޅުނު މެޗުގެ ތެރެއިން— އީޓީ ފޮޓޯ / ސައިނޯސާ ރާއި

ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް ބ. އަތޮޅު ކައުންސިލުން ބާއްވާ ބަށި މުބާރާތް މިއަދު ހަވީރު ފަށައިފި އެވެ.

އޭދަފުށީ ދެކުނު ފަރާތު ހިއްކި ބިމުގައި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ދިރާގު އޭދަފުށީ އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރު އަބްދުﷲ ސޯދިގު އެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު އެވެ.

މުބާރާތް ހުޅުވި މެޗުގައި ހިތާދޫ އަތުން ފުޅަދޫ މޮޅުވީ 29 ލަނޑުންނެވެ. ހިތާދޫ އަށް ހެދުނީ 21 ލަނޑު، 4 ފޯއްޔެވެ. ދެވަނަ މެޗުގައި ގްރޫޕް ބީގެ މާޅޮސް އަތުން އޭދަފުށި މޮޅުވީ 37 ލަނޑު 11 ފޯލިންނެވެ. މި މެޗުގައި މާޅޮހަށް ހެދުނީ 27 ލަނޑު 8 ފޯއްޔެވެ.

ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގައި އޭދަފުއްޓާ މާޅޮސް ކުޅުނު މެޗުގެ ތެރެއިން— އީޓީ ފޮޓޯ / ސައިނޯސާ ރާއި
ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގައި އޭދަފުއްޓާ މާޅޮސް ކުޅުނު މެޗުގެ ތެރެއިން— އީޓީ ފޮޓޯ / ސައިނޯސާ ރާއި

ރާއްޖޭގެ ތާރީހީ ކުޅިވަރެއް ކަމަށްވާ ބަށި ތަރައްގީކޮށް މުބާރާތްތަކުގައި ވާދަ ނުކުރެވޭ އަންހެން ކަނބަލުންނަށް އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މިއަތޮޅުގެ ހަ ރަށަކުން ވަނީ ބައިވެރިވެފަ އެވެ.

މުބާރާތުގެ އެންމެ ގަދަ ދެ ޓީމު އޭދަފުއްޓާއި ގޮއިދޫ އޮތީ ގްރޫޕް އޭގައެވެ. އެ ގްރޫޕެއްގައި ދެން އޮތީ މާޅޮހެވެ.

ގްރޫޕް ބީ ގައި ހިމެނެނީ ފުޅަދޫ، ތުޅާދޫ އަދި ހިތާދޫއެވެ.

މި މުބާރާތުގެ ދެ މެޗު މާދަމާ ހަވީރުވެސް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ތުޅާދޫ އާއި ފުޅަދޫ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ގޮއިދޫއާ ދެކޮޅަށް ކުޅޭނީ މާޅޮހެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ހޮވެނީ ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމެވެ. އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000ރ. ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 15،000ރ. ހުށަހަޅާފައިވެ އެވެ.

މިއީ ބ. އަތޮޅު ކައުންސިލުން މި މުބާރަތް ބާއްވާ ދެވަނަ އަހަރެވެ.

ނޯޓް: ކުރިން ޚަބަރު ޕޯސްޓް ކުރެވުނު އިރު ފުރަތަމަ މެޗުގެ ނަތީޖާ ލިޔެވިފައިވަނީ މައުލޫމާތު ލިބުމުގައި އެރި އޮޅުމަކުންނެވެ. ނަމަވެސް އެ މެޗުގެ ނަތީޖާ މިހާރު އެވަނީ އިސްލާހުކުރެވިފަ އެވެ. މި ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.