ޒޯން 3 ގެ ފުރަތަމަ މެޗުގައި އޭދަފުއްޓާ ދުވާފަރު

އޭދަފުށީ ފުޓްބޯޅް ޓީމު
އޭދަފުށީ ފުޓްބޯޅް ޓީމު

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ޒޯން 3 ގެ ފުރަތަމަ މެޗްގައި އޭދަފުއްޓާއި ދުވާފަރު ބައްދަލުކުރަން ޖެހިއްޖެއެވެ. އަންނަ ހުކުރު ދުވަހު ހަވީރު މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ދުވާފަރުގައެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަދު ނެރުނު މުބާރާތުގެ ޝެޑިއުލްގައި ވާގޮތުން ޒޯޏް 3 ގެ މުބާރާތް ކުރިއަށްދާނީ މިމަހުގެ 27 އިން އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ހޯމް އެންޑް އަވޭ އުސޫލަށް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޒޯން ޗެމްޕިއަންކަން ލިބެ މި މުބާރާތުގައި މި ޒޯން އިން ވާދަކުރާނީ އޭދަފުށީގ ެއިތުރުން ދުވާފަރު އަދި ހިންނަވަރެެވެ.

މުބާރާތުގައި އޭދަފުށީ ޓީމް ކުޅޭ ފުރަތަމަ މެޗްގައި އަންނަ ހުކުރު ދުވަހު ދުވާފަރާއި ބައްދަލުކުރާއިރު ދެވަނަ މެޗްގައި ޑިސެމްބަރ 1 ވަނަ ދުވަހު ބައްދަލުކުރާނީ ހިންނަވަރާއެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އޭދަފުށީގައެވެ. ތިންވަނަ މެޗް ޑިސެމްބަރ 12 ވަނަ ދުވަހު ހިންނަވާރާއި ބައްދަލުކުރާ ދެވަނަ މެޗް ކުޅޭނީ އެރަށުގައެވެ. އަދި މުބާރާތުގެ ފަހު މެޗްގައި ޑިސެމްބަރ 15 ވަނަ ދުވަހު އަމިއްލަ ދަނޑުގައި އޭދަފުށި ނިކުންނާނީ ދުވާފަރާއި ދެކޮޅަށެވެ.

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އެފް.އޭ.އެމް.އިން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގެ އަތޮޅުބުރު މިހާރު ނިމިފައިވާއިރު ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި މުބާރާތުގެ ފަހުބުރު ކުޅެވޭނެއެވެ. ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ މުބާރާތުގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރުގެ ޤައުމީ ފުޓްބޯޅަ މުބާރާތުން ފުރުޞަތު ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.