ބ. އަތޮޅު ކައުންސިލު ބަށި މުބާރާތް: ސެމީއަށް ޓީމުތައް ހޮވިއްޖެ

ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ – އީޓީ ފޮޓޯ / ސައިނޯސާ ރާއި
ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ – އީޓީ ފޮޓޯ / ސައިނޯސާ ރާއި

 

ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ އަތޮޅު ކައުންސިލު ބަށިމުބާރާތުގެ ސެމީ އަށް ޓީމުތައް ހޮވިއްޖެ އެވެ.

މި އަތޮޅުގެ ހަ ރަށުން ވާދަކުރާ މުބާރާތުގެ އޭ ގްރޫޕުން ސެމީ އަށް ދިޔައީ ތުޅާދޫ އާއި ފުޅަދޫ އެވެ. މި ގްރޫޕުގައި ދެން ހިމެނޭ ހިތާދޫ ވަނީ ދެ މެޗުން ވެސް ބަލިވެފަ އެވެ.

ބީ ގްރޫޕުން ސެމީގެ ޖާގަ ހޯދީ ގޮއިދޫ އާއި އޭދަފުއްޓެވެ. މި ގްރޫޕުގައި ދެން ހިމެނޭ މާޅޮސް ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެފަ އެވެ.

ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ – އީޓީ ފޮޓޯ / ސައިނޯސާ ރާއި
ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ – އީޓީ ފޮޓޯ / ސައިނޯސާ ރާއި

 

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު ކުޅުނު ފަހު މެޗުގައި އޭދަފުށި ބަށި ޓީމު އަތުން ގޮއިދޫ މޮޅުވީ 36 ލަނޑުންނެވެ. މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުއްޓަށް ހެދުނީ 30 ލަނޑު 8 ފޯއްޔެވެ.

ގްރޫޕް އޭ ގެ ފަހު މެޗުގައި ހިތާދޫ އަތުން ތުޅާދޫ މޮޅުވީ އެންމެ 5 ފޯލީގެ ތަފާތުންނެވެ. މެޗުގައި ދެ ޓީމަށްވެސް ހެދުނީ 30 ލަނޑެވެ.

މާދަމާ ހަވީރު ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި ފުޅަދޫ އެވެ. ދެވަނަ މެޗުގައި ގޮއިދޫއާއި ދެކޮޅަށް ނުކުންނާތީ ތުޅާދޫ އެވެ.

ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ – އީޓީ ފޮޓޯ / ސައިނޯސާ ރާއި
ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ – އީޓީ ފޮޓޯ / ސައިނޯސާ ރާއި

 

މިދިޔަ އަހަރު ތައާރަފުކުރި މުބާރާތުގެ ޗެމްޕިއަން ޓީމަށް މިއަހަރުވެސް 25،000ރ. ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 15،000ރ. ހުށަހަޅާފައިވެ އެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ. ފައިނަލު މެޗު ލައިވް ކުރެވޭތޯ އަތޮޅު ކައުންސިލުންދަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.