ބ. ތުޅާދޫ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެނަވަޔަރަމަންޓް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ތުޅާދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ސަރުކާރުން އިއުލާންކޮށްފައި ވަނީ ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭ ގޮތަށެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ 22 ޖެނުއަރީ 2016ގެ ނިޔަލަށެވެ.
މި މަޝްރޫއަކީ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯނު އެހީގެ ދަށުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ