“ފުނަ” ހަރަކާތުން ބ. އަތޮޅުން އެއްވަނަ ކަމަދޫ

ބ. އަތޮޅު ފުނަ ހަރަކާތުގަިއ ކަމަދޫ ގްރޫޕުން ހުށަހަޅައިދިން "ބަނޑިޔާ މިކްސްޑް ޑާންސް". މި އައިޓަމު ވަނީ މިއަތޮޅުން އެއްވަނައަށް ހޮވިފައި—އީޓީ ފައިލް ފޮޓޯ
ބ. އަތޮޅު ފުނަ ހަރަކާތުގައި ކަމަދޫ ގްރޫޕުން ހުށަހަޅައިދިން “ބަނޑިޔާ މިކްސްޑް ޑާންސް”. މި އައިޓަމު ވަނީ މިއަތޮޅުން އެއްވަނައަށް ހޮވިފައި—އީޓީ ފައިލް ފޮޓޯ

 

މިިނިވަން 50 އާ ގުޅިގެން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ “ފުނަ” ހަރަކާތުގައި އަތޮޅުތަކުން އެއްވަނަ އަށް އައި ހަރަކާތްތަކުގެ ތެރެއިން ބ. އަތޮޅުން 1 ވަނަ ހަރަކާތަކަށް ކަމަދޫން ހުށައަޅައިދިން “ބަނޑިޔާ މިކްސް ޑާންސް” ހޮވިއްޖެ އެވެ.

ރާއްޖޭގެ 19 އަތޮޅެއްގައި ކުރިއަށް ގެންދިޔަ ފުނަ ހަރަކާތްތަކުން އެއްވަނަ ހޮވުނު ހަރަކާތްތައް އިއުލާން ކުރީ ފުނަ ހަރަކާތްތައް ޖަޖު ކުރުމަށް އެކުލަވާލި ޕެނަލްގެ އިސް ޖަޖު އަބްދުއްރައްޒާގް އަބްދުލް ރަހްމާން މިއަދު ޓީވީއެމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ފުނަ ހަރަކާތުން ބ. އަތޮޅުން ކަމަދޫ އެއްވަނަ ދިއުމާ ގުޅިގެން ކަމަދޫ ކައުންސިލުގެ ރައީސް އަލީ އިސްމާއިލް ވިދާޅުވީ އޭރުވެސް އެއްވަނަ ލިބޭނެ ކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އޮތް ކަމަށެވެ.

“ޗެލެންޖް ކުރެވޭނެ ބައެއް ނެތްކަން އެރޭ ޔަގީންވި. މި ފުރުސަތުގައި ކަމަދޫން ބައިވެރިވި ގްރޫޕް ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވަން. އަދި މިފަދަ ގައުމީ ކަންކަމުގައި އަދިވެސް ކައުންސިލުން ފުރިހަމަ އެއްބާރުލުން ގްރޫޕަށް ދޭނަން. ކަމަދޫން ތަމްސީލު ކުރި ގުރޫޕަކީ ސީދާ ކައުންސިލުގެ މަސައްކަތުން ނެރުނު ގްރޫޕެއް،” އަލީ އިސްމާއިލް ވިދާޅުވި އެވެ.

ޖުމްލަ 279 ހަރަކާތް ފުނަ ޝޯގައި މުޅި ރާއްޖެއިން ހުށައަޅައި ދީފައިވެ އެވެ.

މިނިވަން 50 ފުނަ ހަރަކާތަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކުން، ސަގާފީ އައިޓަމްތަކެއް ހޮވާލުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުން ބ. އަތޮޅުން ކަމަދޫ ގްރޫޕް އެއްވަނަ އަށް ހޮވުމާ ގުޅިގެން އެ ގްރޫޕަށް މާލެ ގޮސް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.