
އޭދަފުށީގަިއ މިހާރު ކުރިއަށްދާ ބ. އަތޮޅު ކައުންސިލުގެ ފޯރިގަދަ ބަށި މުބާރާތުގެ ފައިނަލުން މިއަހަރުވެސް އޭދަފުއްޓާއި ގޮއިދޫ ޓީމު ޖާގަ ހޯދައިފި އެވެ.
މިދިޔަ އަހަރު ފައިނަލުގައި ގޮއިދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އޭދަފުށީ ޓީމެވެ.
އޭދަފުށި ޓީމު ފައިނަލަށް ދިޔައީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ފުޅަދޫ ވާދަކޮށް 35 ލަނޑުން މޮޅުވެގެންނެވެ. ފުޅަދޫއަށް ހެދުނީ 26 ލަނޑު ހަތަރު ފޯއްޔެވެ.

ގޮއިދޫ ބަށި ޓީމު ފައިނަލަށް ދިޔައީ ތުޅާދޫ ބަށި ޓީމާ ވާދަކޮށް 40 ލަނޑު އެއް ފޯލިން މޮޅުވެގެންނެވެ. ތުޅާދޫ ޓީމަށް ހެދުނީ 23 ލަނޑު އެގާރަ ފޯއްޔެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހު ހަވީރު 4:00 ގައި އޭދަފުށީ ދެކުނު ފަރާތު ހިއްކި ބިމުގަ އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ އަދި ދެ ވަނަ ޓީމަށް 15000 ރުފިޔާ ލިބެ އެވެ. މީގެ އިތުރުން އެންމެ ގިނަ ފޯލި ސައިކުރާ ކުޅުންތެރިޔަކަށާއި އެންމެ އުންމީދީ ކުޅުންތެރިޔާގެ އަދި ބަށި ރާނީވެސް ހޮވާނެ އެވެ.
އޭދަފުށީގެ ފަޚުރުވެރި ބަށިޓީމަށް ވަރަށް ފުރިހަމަ ކާމިޔާބީ އަކަށް އެދެން. އެންމެން ގުޅިގެން އެއް ހިތްވަރެއްގަ ކުރިޔަށް.