ބަހިއްޔާ ޕްރީ ސްކޫލުގެ ގްރެޖުއޭޝަން ބާއްވައިފި

ބަހިއްޔާ ޕްރީ ސްކޫލުގެ ގްރެޖުއޭޝަން ރަސްމިއްޔާތުގެ ތެރެއިން
ބަހިއްޔާ ޕްރީ ސްކޫލުގެ ގްރެޖުއޭޝަން ރަސްމިއްޔާތުގެ ތެރެއިން

 

އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލް ޔޫކޭޖީ ދަރިވަރުންގެ ގްރެޖުއޭޝަން ބާއްވައިފި އެވެ.

މަލްޓިޕާޕަސް ބިލްޑިން ހޯލުގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ބަހިއްޔާ ޕްރީ ސްކޫލުގެ 75 ދަރިވަރަކު ވަނީ ގްރެޖުއޭޓްވެ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 1 ށް ބަދަލުވެފަ އެވެ.

ބަހިއްޔާ ޕްރީ ސްކޫލުގެ ގްރެޖުއޭޝަން ރަސްމިއްޔާތުގެ ތެރެއިން
ބަހިއްޔާ ޕްރީ ސްކޫލުގެ ގްރެޖުއޭޝަން ރަސްމިއްޔާތުގެ ތެރެއިން

 

މި ރަސްމިއްޔާތުގައި ގްރެޖުއޭޓްވި ދަރިވަރުން ބުނިގޮތުގައި މިއަދަކީ ބަހިއްޔާ ޕްރީ ސްކޫލުގައި އެ ކުދިން ހޭދަކުރާ އެންމެފަހު ދުވަސް ކަމުގައި ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށާއި އެ ކުދިންގެ ހަނދާނުގައި ބަހިއްޔާ ޕްރީ ސްކޫލުގެ ނަން ފާހަގަ ކުރެވެނީ “ވަރަށް އުފާވެރި، ވަރަށްމަޖާ” ހާއްސަ ހަނދާންތަކެއްގެ ގޮތުގައެވެ.

“އަޅުގަނޑުމެންގ ލޯބިވާ ހުރިހާ އާންޓީންނަށް މުޅި އުމުރަށްވެސް އަޅުގަނޑުމެންގެ ހޮތުގައި ބިންވަޅު ނެގިފައިވާނީ ތިޔައީ އަޅުގަނޑުމެންގެ ހުރިހާ ކުދިންގެ ފުރަތަމަ އެދުރުންގެ ގޮތުގައި، އާންޓީމެންގެ ކެތްތެރިކަމާއި އަޅުގަނޑުމެންދެކެ ވާ ލޯބި އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރާނަން. އަޅުގަނޑުމެން އަބަދުވެސް އާންޓީންނަށް ޝުކުރުވެރިވާނަން”

މި ރަސްމިއްޔާތުގައި މިއަހަރު ބަހިއްޔާ ޕްރީ ސްކޫލުން އަންމާފޮތް ހިފްޒު ކުރި 20 ދަރިވަރުންނަށްވެސް ވަނީ ހަނދާނީލިޔުމާއި ޓްރޮފީދީފަ އެވެ.

ބަހިއްޔާ ޕްރީ ސްކޫލުގެ ގްރެޖުއޭޝަން ރަސްމިއްޔާތުގެ ތެރެއިން
ބަހިއްޔާ ޕްރީ ސްކޫލުގެ ގްރެޖުއޭޝަން ރަސްމިއްޔާތުގެ ތެރެއިން

 

ރާއްޖޭގެ އަތޮޅުުތަކުގައި ހުރި ޕްރީ ސްކޫލްތައް އަންނަ އަހަރުން ފެށިގެން ހިންގާނީ ސްކޫލްތަކުގެ ބެލުމުގެ ދަށުންނެވެ. ޕްރީ ސްކޫލް ޤާނޫނު ބުނާގޮތުން ޕްރީސްކޫލް އުމުރުފުރަޔަކީ 4 އަހަރާ 6 އަހަރާ ދެމެދުގެ އުމުރުފުރަ އެވެ. އެއީ ޔޫކޭޖީ އަދި އެލްކޭޖީ އުމުރުފުރާ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Aishath Hudha

    ބަހިއްޔާ ޕްރީ ސްކޫލުން 2015ވަނަ އަހަރު ގްރެޖުއޭޓް ވީ ހުރިހާ ކުދިންނަށް މަރްހަބާ..
    ބަހިއްޔަ ސްކޫލުން ކުރިއަށް ގެންދިޔަ ހުރިހާ ހަރަކާތްތަކެއްވެސް ފުރިހަމަ ކަމާއެކު ކުރިއަށް ގެންގޮސްފައިވަނީ، ޕީޓީއޭއާއި ސްކޫލް ބޯޑާއި އެކިއެކި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއިއެކުގައި ކަމުގައިވާތީ ހުރިހާ ފަރާތްތަކަށްވެސް ޝުކުރުވެރިވަން. އަދި އާންޓީމެން ހުރިހާ ކަމެއް ކުރުމުގައިވެސް ހީވާގިކަމާއި އެކު މަސައްކަތްކުރައްވާފައިވާތީ ބަހިއްޔާގައި މަސައްކަތްކުރެއްވި ހުރިހާ އާންޓީމެންނަށާއި ސަޕޯޓް ސްޓާފުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.
    ބަހިއްޔާ ސްކޫލްގެ ބެލެނިވެރިފަރާތް ކަމުގައިވާ އޭދަފުށީ ކައުންސިލް ފެއިލްވެފައިވާކަމަށް ގިނަ ބަޔަކު ގަބޫލްކުރަމުންދާއިރު މިއަހަރު ހިންގުނު ހުރިހާ ހަރަކާތްތަކެއްގައިވެސް އޭދަފުށީ ކައުންސިލްގެ ބެލެނިވެރިކަން އެއްވެސް ގޮތެއްގައި ބެލެހެއްޓިފައިނުވާކަމީ ބަހިއްޔާގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ލަދުވެތިވެ ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމުގައިވެސް ދަންނަވަން. ވަކިން ހާއްސަކޮށް ބަހިއްޔާގެ ޕްރިންސިޕަލް އަދި އ.ޕްރިންސިޕަލް އަށް ހަވާލުކުރެވިފައިވާ ޒިންމާ އެއްވެސް ވަރަކަށް އަދާކުރެވިފައިނުވާކަން ފާހަގަކޮށް ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަމާއި ހަވަލުނުވުމަކީ އަޅުގަނޑު އެދޭ ކަމެއްކަމުގައިވެސް ދަންނަވަން. އެހެންނަމަވެސް ކައުންސިލްގެ ކުރިގެ ރައީސް އަދި ކައުންސިލް މެމްބަރު ނައުޝާދު ކޮންމެވެސް ސިފައެއްގައި މަސައްކަތްތަކުގައި އަމަލީ ގޮތުން އެހީތެރިވެފައިވާތީ އެ 2 ފަރާތަށް ޝުކުރުވެރިވަން. އަދި ބަހިއްޔާ ސްކޫލްގެ ބަޖެޓުގައި ހުރި ފައިސާ އަކީ ރައްޔިތުންގެ ފައިސާ ކަމުގައިވާތީ ފައިސާގެ ތަފްސީލާއި، ޚަރަދުކުރެވުނު ގޮތުގެ ތަފްސީލް 2015ނިމުމުގެ ކުރީން ހާމަކޮށްދެއްވުމަށްވެސް އެދޭ ވާހަކަ ދަންނަވަން.

    ރައްދު
  2. އަޙްމަދު ރަޝީދު (ސީޓޭ)

    ބަހިއްޔާ ޕްރީ ސްކޫލުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 1 ށް ބަދަލުވި 75 ދަރިވަރުންނަށް މަރްޙަބާ.
    2016 ވަނަ އަހަރަކީ، ހުރިހާ ކުދިންނަށްވެސް ވަރަށް ކާމިޔާބު އަހަރަކަށް އެދެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.