
މާދަމާ ހަވީރު އޮންނަ ބ. އަތޮޅު ކައުންސިލުގެ ފޯރިގަދަ ބަށި މުބާރާތުގެ ފައިނަލު މެޗު ޓީވީއެމުން ވަގުތުން ދައްކާގޮތަށް ހަމަޖައްސައިފި އެވެ.
ބ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ ފައިނަލުން މިއަހަރުވެސް ޖާގަ ހޯދީ އޭދަފުއްޓާއި ގޮއިދޫ ބަށި ޓީމެވެ. ވާދަވެރި ކުޅުމަށްފަހު މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ އޭދަފުށީ ބަށި ޓީމެވެ.
ބ. އަތޮޅު ކައުންސިލުގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ މުބާރާތުގެ ފައިނަލު މެޗު ލައިވް ކުރަން ނިންމީ އެ މެޗު އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ރަށުގައި ތިބެގެން ބެލޭނެގޮތް ފަހިކޮށްދިނުމަށާއި ފޯރިގަދަ މި މުބާރާތް ރާއްޖޭގެ ކަންކޮޅުތަކަށް އިސްތިހާރުކުރުމުގެ ގޮތުން ކަމަށެވެ.
އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި ފައިނަލު މެޗު ޓީވީއެމުން މެދުވެރިކޮށް ލައިވްކުރަނީ ދިރާގު ގެ އެހީތެރިކަމާއެކު އެވެ.
“މެޗު ލައިވް ކުރަނީ ރާއްޖޭގެ އެއްވަނަ ޓެލެކޮމް ކުންފުނި ދިރާގުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު. އެކަމަށްޓަކައި ދިރާގަށް އަތޮޅު ކައުންސިލުން ވަރަށްބޮޑަށް ޝުކުރު ދަންނަވަން،” އޭނާ ވިދާޅުވި އެވެ.
މުބާރާތުގެ ފައިނަލް މެޗު ފަށަނީ މާދަމާ ހަވީރު 4:00 ގައި އޭދަފުށީ ދެކުނު ފަރާތު ހިއްކި ބިމުގަ އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މިއަހަރުވެސް 25000 ރުފިޔާ އަދި ދެ ވަނަ ޓީމަށް 15000 ރުފިޔާ ލިބެ އެވެ. މީގެ އިތުރުން އެންމެ ގިނަ ފޯލި ސައިކުރާ ކުޅުންތެރިޔަކަށާއި އެންމެ އުންމީދީ ކުޅުންތެރިޔާގެ އަދި ބަށި ރާނީވެސް ހޮވާނެ އެވެ.
Ehen taeamuthah kithanme molhas champion kan hoadhaany eydhafushi team.. boogal hedhumuga number 1 team ge trophy ves dheyn rangalhuvaane e teamah.. sihur hadhaaigen molhu hoadhhaa baeh so ….