‏ބޮޑު ޗުއްޓީއާ ގުޅިގެން ލޯންޗު ދަތުރުތަކަށް ބާރު ބޮޑުވެއްޖެ‏

‏"އެޓޯލް ކިއުޓް ކްރޫޒާ" ‏ ބޮޑޫ ޗުއްޓީއާ ދިމާކޮށް ފެރީ ދަތުރުތަކަށް ވަނީ ބާރުބޮޑުވެފައި
‏”އެޓޯލް ކިއުޓް ކްރޫޒާ” ‏ ބޮޑޫ ޗުއްޓީއާ ދިމާކޮށް ފެރީ ދަތުރުތަކަށް ވަނީ ބާރުބޮޑުވެފައި

 

‏ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރެ އެވެ. މިއަހަރު ވެސް އެކަން އޮތީ ހަމަ ‏‏މިގޮތަށެވެ. ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރަން ފެށުމާ އެކު ސްޕީޑް ލޯންޗްތަކަށް ބާރު ބޮޑުވެ ‏‏މިހާރުވަނީ ޖާގަ ލިބުން ދަތިވެފަ އެވެ. ‏

‎”‎‏ވަރަށް ބާރުބޮޑުކޮށް މިއުޅެނީ، މިހަފްތާ އެއްކޮށް މިއޮތީ ފުލްކޮށް، ދެން އެންމެ އަވަހަށްވެސް ޖާގަލިބޭނީ ‏‏އަންނަ ބުރާސްފަތި ދުވަހަށް،” މާލެއާއި އޭދަފުއްޓާ ދެމެދު ކޮންމެ ހަފްތާއެއްގެ ހޮނިހިރު، ހޯމަ އަދި ބުރާސްފަތި ‏‏ފެރީގެ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ ސޭލަމު ފެރީން ބުންޏެވެ. ‏

‏މާލެއާ އޭދަފުއްޓާ ދެމެދު ދަތުރުކުރާ އެޓޯލް ކިއުޓް ފެރީގެ 50 މީހުންގެ ޖާގައި “އެޓޯލް ކިއުޓް ކްރޫޒާ” ގެ ‏‏ދަތުރުތައް ވެސް ވަނީ ފުލްވެފަ އެވެ. ‏

‏”ސްކޫލް ބޮޑު ޗުއްޓީ ވީމަ ބޮޑަށް ބާރުބޮޑުވެގެން މިއުޅެނީ. ދެކޮޅަށްވެސް ހަމަ ފުލްކޮށް އުޅެނީ، ކޮންމެ ‏‏އަހަރަކުވެސް މިދުވަސްކޮޅު ބޭސްފަރުވާ އަށް ރަށުން ބޭރަށްދާ މީހުނާއި ޗުއްޓިއާ ދިމާކޮށް ހިތާނީ މޫސުމަށް ‏‏ރަށަން އަންނަ މީހުން ގިނަ. ހަފްތާއެއްވަރު ނަގާމެ ހަމައަކަށް އެޅެން،” އެޓޯލް ކިއުޓް ފެރީން ވާހަކަ ދެއްކި ‏‏ބޭފުޅަކު ވިދާޅުވި އެވެ.‏

‏ލޯންޗު ދަތުރުކުރާ ފަރާތްތަކުން ބުނީ ބޮޑު ޗުއްޓީއާ ދިމާކޮށް ލޯންޗު ދަތުރުތަކަށް ބާރު ބޮޑުވެގެން ދިޔަ ‏‏ނަމަވެސް ހަފްތާއެއްހާ ދުވަސް ފަހުން ލޯންޗު ދަތުރުތައް ކުރިއެކޭ އެއްގޮތަށް ހަމައަކަށް އެޅޭނެ ކަމަށެވެ. ‏‏ނަމަވެސް ޗުއްޓީ ނިމެން ކައިރިވުމާއެކު އަނެއްކާވެސް ދަތުރުތަކަށް ބާރު ބޮޑުވާނެކަމަށް އެ ފަރާތްތަކުން ‏‏ބުންޏެވެ. ‏

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.