މިނިވަން 50 ފުޓްބޯލަ މުބާރާތުގެ ޒޯން 3 ގައި މިއަދު ހަވީރު އޭދަފުއްޓާއި ދުވާފަރު ކުޅުމަށް ހަމަޖެހިފައިވާ މެޗު ވިއްސާރަވެ ދުވާފަރު ދަނޑުގައި ފެން ބޮޑުވުމުގެ ސަބަބުން ފަސްކޮށްފި އެވެ.
މެޗު ފަސްކުރީ އޭދަފުށީ ޓީމު ދުވާފަރަށްވެސް ދިޔަ ފަހުންނެވެ.
މި މެޗު ދެން ކުޅެން ހަމަޖެހިފައިވަނީ މާދަމާ އެވެ.
މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އެފް.އޭ.އެމް.އިން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގެ އަތޮޅު ބުރު މިހާރު ނިމިފައިވާއިރު ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި މުބާރާތުގެ ފަހުބުރު ކުޅެވޭނެއެވެ. ޒޯންތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ މުބާރާތުގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރުގެ ޤައުމީ ފުޓްބޯޅަ މުބާރާތުން ފުރުޞަތު ލިބިގެންދާނެ އެވެ.