ބ. އަތޮޅު ކައުންސިލް ބަށި މުބާރާތް ގޮއިދޫ ކާމިޔާބުކޮށްފި

ގޮއިދޫ ބަށި ޓީމަށް ޗެމްޕިއަން ޓްރޮފީ ހަވާލުކޮށްދެނީ -- އީޓީ ފޮޓޯ / ސައިނޯސާ ރާއި
ގޮއިދޫ ބަށި ޓީމަށް ޗެމްޕިއަން ޓްރޮފީ ހަވާލުކޮށްދެނީ — އީޓީ ފޮޓޯ / ސައިނޯސާ ރާއި

 

ބ. އަތޮޅު ކައުންސިލު ބަށި މުބާރާތުގެ ފޯރިގަދަ ފައިނަލުގައި މިއަދު ހަވީރު މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުށި ބަށި ޓީމު ބަލިކޮށް ގޮއިދޫ ބަށި ޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވެސް ވާދަކުރި ދެ ޓީމުގެ ކުރިމަތިލުން ގޮއިދޫ ޓީމުން ކާމިޔާބުކުރީ 34 ލަނޑު އަށް ފޯލިންނެވެ. މެޗުގައި އޭދަފުށީ ޓީމަށް ހެދުނީ 32 ލަނޑު ހަ ފޯއްޔެވެ.

މުބާރާތުގެ ބަށި ރާނީ ގޮއިދޫ ޓީމުގެ މިލްނާ-- އީޓީ ފޮޓޯ / ސައިނޯސާ ރާއި
މުބާރާތުގެ ބަށި ރާނީ ގޮއިދޫ ޓީމުގެ މިލްނާ– އީޓީ ފޮޓޯ / ސައިނޯސާ ރާއި

 

މި މުބާރާތުގެ ޗެމްޕިއަންކަން ލިބުމާއެކު، ގޮއިދޫ ބަށި ޓީމަށް ވަނީ ޗެމްޕިއަން ޓްރޮފީއާއެކު 25،000ރ. ގެ ފައިސާގެ އިނާމު ލިބިފަ އެވެ. ފައިނަލަށް މެޗަށްފަހު ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ހެޑް އޮފް ނޯތް ރީޖަން، އިންސްޕެކްޓަރު އޮފް ޕޮލިސް އަބްދުﷲ ނަސީރު އެވެ.

މުބާރާތުގެ ރަނަރަޕް އޭދަފުށި ޓީމަށް ލިބުނީ 15،000ރ. ގެ ފައިސާގެ އިނާމެކެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަށް ހޮވުނީ ފުޅަދޫ ބަށި ޓީމެވެ.

މި އަހަރުވެސް މި މުބާރާތުގެ ބަށި ރާނީ ނުވަތަ އެންމެ މޮޅު ކުޅުންތެރިއާ އަދި އެެންމެ ގިނަ ފޯލި ސައިކުރި ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގޮއިދޫ ޓީމުގެ ފާތުމަތު މިލްނާ އެވެ. އޭނާ މި މަގާމަށް ހޮވުނީ ޖުމްލަ 824 ޕޮއިންޓާއެކު އެވެ. މިލްނާ ވަނީ 587 ފޯލި ސައިކޮށްފަ އެވެ. އަދި އެންމެ ގިނަ ފޯލި ހިފި ކުޅުންތެރިއާ އަށްވެސް ހޮވުނީ ފާޠިމަތު މިލްނާ އެވެ. މިލްނާ ވަނީ މުބާރާތުގައި ޖުމްލަ 79 ފޯލި ހިފައިފަ އެވެ.

މުބާރާތުގެ ބަށި ރާނީ ގޮއިދޫ ޓީމުގެ މިލްނާ
މުބާރާތުގެ ބަށި ރާނީ ގޮއިދޫ ޓީމުގެ މިލްނާ

 

މިއަހަރުވެސް އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ތުޅާދޫ ބަށި ޓީމުގެ އާމިނަތު މޫސާ އެވެ.

މި އަހަރުގެ ބަށި މުބާރާތުގައި ޖުމްލަ 6 ޓީމު ވާދަކުރި އެވެ. އެއީ އޭދަފުއްޓާއި ގޮއިދޫގެ އިތުރުން ފުޅަދޫ އާއި މާޅޮސް އަދި ހިތާދޫ އާއި ތުޅާދޫ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.