ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖުގެ ގުރު ނަގައިފި

ބ. އެޓޮލް ފުޓްބޯލް ޗެލެންޖުގެ ގުރުލުމުގެ ތެރެއިން-- އީޓީ ފޮޓޯ / ސައިނޯސާ ރާއި
ބ. އެޓޮލް ފުޓްބޯލް ޗެލެންޖުގެ ގުރުލުމުގެ ތެރެއިން– އީޓީ ފޮޓޯ / ސައިނޯސާ ރާއި

ބ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އޭދަފުށީ ޔޫ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖުގެ ގުރުނަގައިފި އެވެ.

މިއަދު މެންދުރު އޭދަފުށީ ކޮރަލް ޕާކް ރެސްޓޯރެންޓްގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވާ 8 ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފަ އެވެ.

ގްރޫޕް “އޭ” ގައި ހިމެނެނީ ގޮއިދޫ، ކިހާދޫ، މާޅޮސް އަދި ފުޅަދޫއެވެ. ގްރޫޕް “ބީ” ގައި ހިމެނެނީ ކުޑަރިކިލު، ފެހެންދޫ، ދަރަވަންދޫ އަދި އޭދަފުއްޓެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގޮއިދޫ އަދި ކިހާދޫއެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 އިން 16 އަށް އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުގެ ރަށްރަށުން ފޯރިއާއެކު ދަނީ ތައްޔާރުވަމުންނެވެ.

އޭދަފުށީ ސްޕޯޓްސް ފިހާރައެއް ކަމަށްވާ ޔޫ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ އޭދަފުށީ ޔޫތް ޑިވޮލޮޕްމެންޓާއި ގުޅިގެންނެވެ. މިއީ މި މުބާރާތް ކުރިއަށްގެންދާ ހަތަރުވަނަ އަހަރެވެ. މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އޭދަފުށި ބަލިކޮށް ގޮއިދޫ ޓީމެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ “ޔޫ ސްޕޯޓްސް” އެވެ. ކޯ ސްޕޮންސަރުންނަކީ ދިރާގު، އެމް.ޑަބްލިއު.އެސް.ސީީ، ރެެޑްވޭވް އަދި އޭދަފުށީ ކެލިން ފިހާރ އެވެ. މިފަހަރުވެސް މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ “އީޓީ” އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.