‏ހޮޅުދޫ އަތުން ބަލިވެ އޭދަފުށި މުބާރާތުން ކަޓައިފި‏

‏މިއަހަރުގެ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ  އޭދަފުށީ ބެޑްމިންޓަން ޓީމު‏
‏މިއަހަރުގެ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި ވާދަކުރާ އޭދަފުށީ ބެޑްމިންޓަން ޓީމު‏

‏މާލޭގައި މިހާރު ކުރިއަށްދާ އަށްވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ސެމީ ފައިނަލުގައި ނ. ހޮޅުދޫ ‏‏ބީޑީސީ އަތުން ބަލިވެ، އޭދަފުށީ ބީޑީސީ ކަޓައިފި އެވެ. ‏

‏މިރޭ ކުޅުނު މެޗުން ވޭތުވެ ތިން އަހަރުގެ ޗެމްޕިއަން އޭދަފުށި ބަލިވީ ހޮޅުދޫ އަތުން 3-2 މެޗުންނެވެ. ހޮޅުދޫ ‏‏ޓީމަކީ މިދިޔަ އަހަރުގެ ރަނާއަޕް ޓީމެވެ. ‏

‏ސެމީގެ ފުރަތަމަ ސިންގަލްސް ގައި އޭދަފުށީގެ ޝަރުމީލް އާއި ހޮޅުދޫ ޓީމުގެ މުތީއު ބައްދަލުކުރި މެޗު 21-‏‏19، 21-19 އަދި 21-17 ން ކާމިޔާބުކުރީ އަބްދުﷲ މުތީއު އެވެ. ‏

‏ފުރަތަމަ ޑަބަލްސްގައި އޭދަފުށީގެ މުހައްމަދު އިކްރާމް އަދި ހުސައިން މުހައްމަދުގެ ޕެއާ އާއި ހޮޅުދޫގެ ހުނައިފް ‏‏އަދި އާކިފްގެ ޕެއާ ބައްދަލުކުރި މެޗް 21-18، 25،23 އަދި 21-13 ން ކާމިޔާބުކުރީ އިކްރާމް އަދި ‏‏ހުސައިންގެ ޕެއާ އެވެ.‏

‏ސެމީގެ ދެވަނަ ޑަބަލްސްގައި އޭދަފުށީގެ އިބްރާހިމް މުހައްމަދު އަދި ހަސަން ނިޔާޒުގެ ޕެއާ އާއި ހޮޅުދޫގެ ‏‏މުތީއު އަދި އުނައިޝް ޕެއާ ބައްދަލުކުރި ސީދާ ދެ ސެޓުން ކާމިޔާބުކުރީ ހޮޅުދޫގެ ޕެއާއެވެ. އެއީ 21-13 އަދި ‏‏21-19 އިންނެވެ. ‏

‏ދެވަނަ ސިންގަލްސްގައި އޭދަފުށީގެ ހުސައިން މުހައްމަދު އާއި ހޮޅުދޫގެ އާކިފް ބައްދަލުކުރި މެޗް ދެ ސެޓް ‏‏ކާމިޔާބުކުރީ ތޮލާލް ހުސައިން މުހައްމަދު އެވެ. ސެޓްތައް ގެންދިޔައީ 21-12 އަދި 21-13 އިންނެވެ.‏

‏ސެމީ ފައިނަލުގެ ފަހު ޑަބަލްސްގައި އޭދަފުށީ ޓީމުގެ އިކްރާމް އާއި ހަސަން ނިޔާޒްގެ ޕެއާ ހޮޅުދޫގެ އުނައިސް ‏‏އަދި މުމްތާޒު ގެ ޕެއާ ބައްދަލުކުރި މެޗު 21-14 އަދި 21-9 އިން އޭދަފުށި ބަލިކޮށް ހޮޅުދޫ ޓީމު ‏‏ފައިނަލުން ޖާގަ ހޯދީއެވެ. ‏

މުބާރާތުގެ ފައިނަލް ކުޅޭނީ އަންނަ ހޯމަ ދުވަހު ހަވީރު އެވެ. ‏

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.