ސުހައިލް އާއި ހަމްޕުގެ ގޯލްތަކުން ނިއުއަށް ލީގު ކަށަވަރުވެއްޖެ

ނިއުގެ ކަރަމް (ވ) އާއި ހަމްޕު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: ނިއުގެ ޒުވާން ކުޅުންތެރިން މިރޭ މޮޅަށް ކުޅުނު. --ފޮޓޯ: ހުސެއިން ސިނާން (އިމޭޖަސް އެމްވީ)
ނިއުގެ ކަރަމް (ވ) އާއި ހަމްޕު ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: ނިއުގެ ޒުވާން ކުޅުންތެރިން މިރޭ މޮޅަށް ކުޅުނު. –ފޮޓޯ: ހުސެއިން ސިނާން (އިމޭޖަސް އެމްވީ)

 

ބ. އޭދަފުއްޓަށް އުފަން ޒުވާން ދެކުޅުންތެރިން ޖަހައިދިން ގޯލްތަކުން ރާއްޖޭގެ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތްކަމަށްވާ އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ނިއު ރޭޑިއަންޓް ހޯދައިފިއެވެ.

ނިއު ރޭޑިއަންޓް ލީގު ކަށަވަރުކުރީ ބާކި އެއްމެޗް އޮއްވައި ރޭ ވާދަވެރި މާޒިޔާގެ މައްޗަށް 3-1 އިން ކުރި ހޯދައިގެންނެވެ. މި މެޗްގައި އޭދަފުށީގެ ޒުވާން ދެކުޅުންތެރިންކަމަށްވާ އަޙްމަދު ސުހައިލް (ބަންބުޗް) އާއި ހަމްޒާ މުޙައްމަދު (ހަމްޕު) ވަނީ މޮޅު ކުޅުމެއްދައްކައި ނިއުގެ ފުރަތަމަ ދެގޯލް ޖަހައިދީފައެވެ.

ނިއުގެ ބަމްޕުޗް ފުރަތަމަ ލަނޑަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ސިނާން (އިމޭޖަސް އެމްވީ)
ނިއުގެ ބަމްޕުޗް ފުރަތަމަ ލަނޑަށް ފަހު އުފާފާޅުކުރަނީ. –ފޮޓޯ: ހުސެއިން ސިނާން (އިމޭޖަސް އެމްވީ)

 

ނިއުގެ ފުރަތަމަ ގޯލް މެޗްގެ 24 ވަނަ މިނިޓްގައި ބަންބުޗް ޖެހީ ހަމްޕު ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. އަދި މެޗްގެ 36 ވަނަ މިނިޓުގައި ނިއުއަށް ލީޑު ފުޅާކޮށްދިނީ ރިލްވާން ވަހީދު ދިން ބޯޅައަކުން ހަމްޕުއެވެ. ދެވަނަ ހާފްގައި މާޒިޔާގެ މޫސާ ޔާމީން ވަނީ ލަނޑެއްޖަހައި ނިއު ހާސްކޮށްލާފައެވެ. މެޗްގެ ތިންވަނަ ގޯލް 84 ވަނަ މިނިޓްގައި ނިއުއަށް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިޔާ މުޙައްމަދު ކަރަމްއެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމްހޯދީ މުޅި މެޗްގައިވެސް މޮޅަށް ކުޅުނު ހަމްޕު އެވެ. އޭދަފުށީގެ ގިނަ ކުޅުންތެރިންތަކެއް އެއްވަނަ ޑިވިޝަންގައި ކުޅޭއިރު ނިއު ރޭޑިއަންޓް ގައި މިރަށަށް ނިސްބަތްވާ 6 ކުޅުންތެރިއަކު ހިމެނެއެވެ. މިއީ ރާއްޖޭގެ ފުޓްބޯޅަ ލީގު ޖެހިޖެހިގެން ނިއު
ރޭޑިއަންޓް ހޯދި ހަތަރުވަނަ ފަހަރެވެ. ނިއުއަށް ލީގުތަށި ޙަވާލުކުރުން އޮންނާނީ އަންނަ ބުދަދުވަހުގެ ރޭ ޓީސީއާ ދެކޮޅަށް ކުޅޭ މެޗަށްފަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.