ތެޔޮ ހުރެދާނެ ކަމަށް ބެލެވޭ ފަށަލައެއް ބ. އަތޮޅުން ފެނިއްޖެ

goidhoo

ތެޔޮ ހޯދުމަށް ކުރާ ދިރާސާގައި ބ. އަތޮޅު އިރު އުތުރާއި އިރުދެކުނު ސަރަހައްދުން ތެޔޮ ހުރެދާނެ ކަމަށް ބެލެވޭ ފަށަލައެއް ފެނިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާ ހަވާލާދީ ހަވީރު އޮންލައިނުގައި ބުނެފައިވަނީ ވަނީ މި އަތޮޅުގެ އިރު އުތުރާއި އިރުދެކުނު އެތެރެވަރި ކަނޑުގެ 8 ތަނެއް ތޮރުފާފައިވާ ކަމަށެވެ. އަދި އެ ތޮރުފައިގެން ހޯދި ހޯދުންތަކުން ދައްކާ އޯގަނިކް ރިޗްގެ ފަށަލައެއް ފެނިފައިވާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ކެމިކަލް އެނަލަސިސްގެ އެހީގައި ވޮލްކަނިކް އެކްޓިވިޓީގެ ސަބަބުން ފެންނަ ބައެއް މާއްދާތައް ހުރިކަމަށް ދައްކާ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ތެޔޮ ހޯދަން ސައިޒްމިކް ދިރާސާ ހެދި ޖަރުމަނުގެ ބޯޓު ރާއްޖޭގައި:
ތެޔޮ ހޯދަން ސައިޒްމިކް ދިރާސާ ހެދި ޖަރުމަނުގެ ބޯޓު ރާއްޖޭގައި:

އެ މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 18ން މިމަހުގެ 28އަށް “ޖޮއިޑްސް ރިޒޮލިއުޝަން” ކިޔާ ބޯޓަކުން އެ ސަރަހައްދުގައި ކުރިޔަށް ގެންދިޔަ ހޯދުންތަކުން ރާއްޖެއަކީ ވޯލްކަނި ކްރަސްޓެއްގެ މަތީގައި އޮތް ޖަޒީރާއެއް ނޫން ކަމަށް ދަލީލުކޮށްދޭ ކަމަށެވެ. ނަމަވެސް ރާއްޖެ އުފެދިފައި ވަނީ ޓްރާންސިޝަނަލް ނުވަތަ ކޮންޓިނެންޓަލް ކްރަސްޓެއްގެ މަތީގައިކަން ނުވަތަ ރާއްޖެ އުފެދިފައިވާ ބިންގަނޑުގައި ކޮންޓިނެންޓަލް ފްރެގްމަންޓްސް އެކުލެވިގެންވާކަން ޔަގީންކޮށްދޭ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

“ޖިއޮލޮޖިކަލް ދިރާސާތަކުން ފެނިފައިވާ ކަނޑުއަޑީގައި އުފެދިފައިވާ ވަޅުތަކުން އަރަނީ ކޮން ބާވަތެއްގެ ގޭހެެއްކަން ސީދާ ޔަގީންކުރެވިފައި ނުވި ނަމަވެސް، ކޮންމެވެސް މިންވަރަކަށް މީތޭން އާއި އީތޭން ހުރިކަމަށް މިހާތަނަށް ބެލި ބެލުމުން ހޯދިފައިވާކަން ފާހަގަކުރެވޭ،” އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ ތެޔޮ ހޯދުމަށް ކުރާ މަސައްކަތުގައި ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށް ތިން ފަރާތަކުން ޝައުގުވެރިކަންފާޅުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެ ފަރާތެއްގެ ހުށަހެޅުން ލިބި، ދިރާސާކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. ޚަބަރު / ހަވީއު އޮންލައިން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.