މިއަދުގެ މެޗަކީ މުބާރާތުގެ އެންމެ ވަރުގަދަ އިމްތިހާން: ހިންނަވަރު ކޯޗު

ހިންނަވަރު ފުޓްބޯޅަ ޓީމު
ހިންނަވަރު ފުޓްބޯޅަ ޓީމު

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު އޭދަފުއްޓާއި ދެކޮޅަށް ކުޅެންޖެހޭ މެޗަކީ މުބާރާތުގައި ހިންނަވަރު ކުޅެންޖެހޭނެ އެންމެ އުނދަގޫ މެޗަށް ވާނެކަމަށް އެޓީމުގެ ކޯޗު ޢަބްދުއްރަޙްމާން މުޙައްމަދު (ރެޓޭ) ބުނެފިއެވެ.

“އީޓީ” އާ ވާހަކަދައްކަމުން ރެޓޭ ބުނީ އޭދަފުއްޓަކީ ރާއްޖޭގެ ފުޓްބޯޅައިގައި ނަން މަޝްހޫރު ވަރުގަދަ ރަށެއްކަމަށާއި، ނަމަވެސް ރަށުން ބޭރުގައި އޭދަފުށި އަތުން މޮޅުވެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށެވެ.

“އޭދަފުށި ބަލިކުރެވޭނެކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް. މައްސަލައަކަށް ދިމާވާނީ ވެލި ދަނޑެއްގައި ކުޅެންޖެހުން. ހިންނަވަރުގެ ކުޅުންތެރިން މިހާރު ތިބީ ޓާފްއަށް ހޭނިފަ. އެހެންވީމަ ކޮންމެވެސް ވަރެއްގެ އުނދަގުލެއް ކުރިމަތިވާނެ. ނަމަވެސް މެޗުން މޮޅުވެވޭނެ ކަމުގެ އުއްމީދުބޮޑު”

މީގެ އިތުރުން ރެޓޭ ބުނީ ހިންނަވަރު ޓީމަށް އެންމެ ރަގަޅަށް މި މުބާރާތަށް ތައްޔާރުނުވެވޭ ކަމަށާއި، ފެންވަރު ރަގަޅު ބައެއް ކުޅުންތެރިންނަށް ނުކުޅެވޭތީ ޓީމަށް ބައެއް ބަދަލުތައް ގެންނަންޖެހުނު ކަމަށެވެ. ނަމަވެސް ހުރިހާ މެޗެއްގައިވެސް ހިންނަވަރު ޓީމު ފެންނާނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށް ރެޓޭ ބުންޏެވެ. އަދި އަމިއްލަ ދަނޑުގައި ކުޅޭ މެޗްތަކުގައި ހިންނަވަރުގެ ފަރާތުން ތަފާތު ފެންނާނެކަމަށް ކޯޗުގެ ވާހަކައިގައި ފާހަގަކުރިއެވެ.

މިއަދުގެ މެޗް އޭދަފުށީގައި ކުޅޭއިރު މުބާރާތުގައި ކުޅެން ހަމަޖެހުނު ފުރަތަމަ މެޗްވަނީ ވިއްސާރަވުމުގެ ސަބަބުން ކެންސަލް ކޮށްފައެވެ. މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި ޒޯން 3 އިން ވާދަކުރަނީ މިދެޓީމުގެ އިތުރުން ރ. އަތޮޅުގެ ޗެމްޕިއަން ދުވާފަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.