ބޮޑު ތަފާތަކުން ހިންނަވަރު ބަލިކޮށް އޭދަފުށީގެ ފެށުން ރަގަޅުކޮށްފި

އޭދަފުށީ ފުޓްބޯލަ ޓީމު. ބޮޑު ތަފާތަކުން މިއަދު ވަނީ ހިންނަވަރު ަތުން މޮޅުވެފައި
އޭދަފުށީ ފުޓްބޯލަ ޓީމު. ބޮޑު ތަފާތަކުން މިއަދު ވަނީ ހިންނަވަރު ަތުން މޮޅުވެފައި

 

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗް ބޮޑު ތަފާތަކުން ހިންނަވަރު ބަލިކޮށް އޭދަފުށީގެ ފެށުން ރަގަޅުކޮށްފިއެވެ. އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗް އޭދަފުށި ކާމިޔާބުކުރީ 6-1 އިންނެވެ.

މި މެޗުގައި އިޝާން އިބްރާހިމް (ސައްޓު) އަދި އާދަމް ނިޒާމް ވަނީ ދެގޯލް ކާމިޔާބުކޮށްދީފައެވެ. އަނެއް ދެގޯލް ޖަހައިދިނީ އިބްރާހިމް މާޖިދް އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުޙައްމަދު ރިޔާޒް އެވެ.

މެޗް ފެށިގެން ލިބުނު ފުރަތަމަ ފުރުޞަތުގައި އޭދަފުއްޓަށް ލީޑު ނަގައިދިނީ މާޖިދުއެވެ. ނަމަވެސް ވަކި ހިސާބަކުން ހިންވަރުންވަނީ ގޯލެއް ޖަހައި މެޗް އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން މުޙައްމަދެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އޭދަފުއްޓަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ޓީމުގެ ކެޕްޓަން އަބްދުލް މަޖީދު (މަޖިއްޓޭ) ތަނަވަސްކޮށްދިން ފުރުޞަތެއްގައި މުޅި މެޗްގައިވެސް މޮޅަށް ކުޅުނު ސައްޓުއެވެ.

1

ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއްނުވެ އޭދަފުށިން ވަނީ ދެގޯލް ކާމިޔާބުކޮށްފައެވެ. މި ދެގޯލް ކާމިޔާބުކޮށްދިނީ ސައްޓު އަދި އާދަމް ނިޒާމް އެވެ. އޭދަފުށީގެ 5 ވަނަ ގޯލް އާދަމް ނިޒާމް ޖެހިއިރު ފަހު ގޯލް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުޙައްމަދު ރިޔާޒް އެވެ. މެޗްގެ ދެވަނަ ހާފްގައި އޭދަފުއްޓަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. ހެޓްރިކް ހަދަން ލިބުނު ފުރުޞަތުގައި ސައްޓު ޖެހި ބޯޅަ ދިޔައީ ގޯލް ދަނޑިމަތިން ބޭރަށެވެ. މި މެޗްގައި އޭދަފުށިންވަނީ މޮޅަަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އަދި ލިބުނު ގިނަ ފުރުޞަތުތަކެއް ބޭކާރުވެގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މެޗަށްފަހު ހިންނަވަރުގެ ކޯޗް ޢަބްދުއްރަޙްމާން މުޙައްމަދު (ރެޓޭ) ބުނީ ހީކުރިވަރަށްވުރެ ދަނޑު އުނދަގޫކަމަށާއި، މެޗުން އޭދަފުށި މޮޅުވީ މޮޅަށް ކުޅެގެންކަމަށެވެ.

“ހީކުރި ވަރަށްވުރެ ދަނޑު އުނދަގޫ. މި ދަނޑަކީ ބޮޑު ދަނޑެއް. މެޗް ފެށިގެންވެސް ޤަބޫލުކުރެވުނު މޮޅުވާން އުނދަގޫވާނެކަން. އެހެންވެ ބޮޑަށް ބެލީ ސްކޯ މަދުކުރަން. ކުޅުންތެރިއަކަށް ރަތްކާޑު ދެއްކުމަކީވެސް ދިމާވި މައްސަލައެއް. މިމެުް މިހެން ވިޔަސް ދުވާފަރުމެޗަށް ޓީމު ވަރަށް ބޮޑަށް ވަރުގަދަ ކުރާނަން”

މި މުބާރާތުގެ މެޗެއް ދެންކުޅެވޭނީ ޑިސެމްބަރު މަހުގެ 5 ވާ ހޮނިހިރު ދުވަހުއެވެ. މި މެޗުގައި ބައްދަލުކުރާނީ ހިންނަވަރާއި ދުވާފަރެވެ. މި މެޗް ކުޅޭނީ ހިންނަވަރުގައެވެ. މުބާރާތުގައި އޭދަފުށި ކުޅެންޖެހޭ ދެވަނަ މެޗުގައި ޑިސެމްބަރު 12 ވަނަ ދުވަހު ކުޅެނީ ރަށުން ބޭރުގައި ހިންނަވަރާއެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Pingback: Great start for Eydhafushi after easy win over Hinnavaru | Eydhafushi Times

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.