“ބަޔޮސްފިއާ ރިޒާވު އެންމެ ފުރިހަމައަށް މެނޭޖް ނުކުރެވޭ”

ތިމާވެށީގެ ސަމިޓަށް ފުރާވަޑައިގަތުމުގެ ކުރިން އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: --ހަވީރު ފޮޓޯ: ހުސެއިން ޝަޔާހު
ތިމާވެށީގެ ސަމިޓަށް ފުރާވަޑައިގަތުމުގެ ކުރިން އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: –ހަވީރު ފޮޓޯ: ހުސެއިން ޝަޔާހު

ބ. އަތޮޅުގެ ބައޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި ނުވަ ކޯ އޭރިއާ ހިމެނޭއިރު އެ ހުރިހާ އޭރިއާއެއް އަދިވެސް އެންމެ ފުރިހަމައަށް މެނޭޖް ނުކުރެވޭކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅުގެ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ހިމެނޭ ސަރަހައްދުތަކުގެ ހިތްގައިމުކަމާ ދިރުންތައް ދައްކުވައިދޭ ފޮޓޯތައް ހިމެނޭ ސްޓޭމްޕް ސެޓާއި ޕޯސްޓްކާޑް ތައާރަފްކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި ބ. އަތޮޅުގެ ބައޮސްފިއާ ރިޒާވް ހިމާޔަތްކޮށް މެނޭޖްކުރަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، އެތަން މެނޭޖްކުރާ ކޮންޒަވޭޝަން ސެންޓަރެއް ގާއިމްކޮށް، އެތަންތަނަށް އާމްދަނީ ހޯދަން ކޮންޒަވޭޝަން ފަންޑެއް ހުޅުވައި އެ ފަންޑަށް ރިސޯޓްތަކާ ޑައިވިން ސްކޫލްތަކުގެ މެންބާޝިޕް ހޯދަން މަސައްކަތްތަކެއް ކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ބ. އަތޮޅު، ހަނިފަރު: ބ. އަތޮޅުން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 174،000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް. މިއީ އެންމެ ގިނައިން އެންމަޑި އާއި ފެހިރިހި ދިރިއުޅެ އާލާވަމުންދާ ސަރަހައްދު. ފޮޓޯ/ޔުނެސްކޯ
ބ. އަތޮޅު، ހަނިފަރު: ބ. އަތޮޅުން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވަނީ ގާތްގަނޑަކަށް 174،000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް. މިއީ އެންމެ ގިނައިން އެންމަޑި އާއި ފެހިރިހި ދިރިއުޅެ އާލާވަމުންދާ ސަރަހައްދު. ފޮޓޯ/ޔުނެސްކޯ

“އަޅުގަނޑުމެން މިހާރުވެސް އެތަނުން އެއް ސަރަހައްދު މި މެނޭޖްކުރަނީ ދުނިޔޭގެ ކުރިއަރާފައިވާ ތަންތަންވެސް ބަލަހައްޓާ ގޮތަށް. އެތަނަށް ލިބޭ އާމްދަނީ އާންމުންނަށް ލިބޭގޮތް ހަދަން ފަންޑެއް ހުޅުވައި، އެ ތަންތަން ބަލަންދާ ޓޫރިސްޓުންނާ، ޑައިވްކުރަންދާ ފަރާތްތަކުން ނަގާ ފީވެސް ޖަމާކުރަނީ އެ ފަންޑަށް. ހަމަ އެގޮތަށް އެހެން ޒޯންތައްވެސް އަޅުގަނޑުމެން އަދި މެނޭޖްކުރަން ފަށާނަން. ބައޮސްޕިއާ ރިޒާވް ރާއްޖޭގައި އިތުރުކުރުމަކީ މުހިއްމު ކަމެއް. މިއީ އަޅުގަނޑުމެންނަސް އިގްތިސޯދު ހީވެސް ނުކުރާހާ މަތިކޮށްލެވޭނެ ކަމެއް،” ތޯރިގް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ތަންތަން މެނޭޖްކުރަންވެސް ޕްލޭންތަކެއް އެކުލަވާލައި އަންނަ އަހަރުން ފެށިގެން ވަކި ގަވާއިދެއްގެ ދަށަށް އެ ސަރަހައްދަށް ޒިޔާރަޔްކުރުމާ ޑައިވްކުރުން ހަމަޖައްސާނެ ކަމަށެވެ.

ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގައި ސަރަހައްދުހައި ހިމެނޭ މާހުރަވަޅި
ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގައި ސަރަހައްދުހައި ހިމެނޭ މާހުރަވަޅި


ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ކަނޑައަޅާފައިވާ ކޯ އޭރިޔާތަކުގެ ތެރެއިން އެންމެ ހާއްސަ ތަނަކީ ހަނިފަރެވެ. އެއީ އެ ސަރަހައްދުން އެންމަޑި އާއި ފެހުރިހި ފެންނާތީ އެވެ. އެ ސަރަހައްދަކީ ފީނުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެވެސް ވަރަށް މުހިންމު މަންޒިލެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހަނިފަރަށް ފީނާ މީހުންގެ އަތުން އެތައްހާސް ޑޮލަރެއް (3.85 މިލިއަން ރުފިޔާ ނުވަތަ 250000 އެމެރިކާ ޑޮލަރު) ރާއްޖޭގެ އިގްތިސާދަށް އަހަރަކު ލިބެ އެވެ.

ބައޮސްފިއާ ރިޒާވްގެ ގޮތުގައި ބ އަތޮޅުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި ހިމެނޭ މައިގަނޑު ތަންތަން:

– ހަނިފަރު (ވަށައިގެންވާ ފަރާއެކު)
– ދިގަލިހާ އަދި ދިގަލިހާ ގިރި ފަރު
– އަނގަފަރު (ދޮންފަނު ތިލަ އަދި ދިގުތިލަ އާ އެކު)
– އޮޅުގިރި، ގޮއިދޫ ކޯރު ސަރަހައްދު
– ނިބިލިގާރަށް، މާހުރަވަޅި، ބަތަލާހުރާ
– މަތިފަރު ހުރާ

ހަނިފަރު ސަރަހައްދުގައި ޓޫރިސްޓަކު ފީނައި ފޮޓޯ ނަގަނީ
ހަނިފަރު ސަރަހައްދުގައި ޓޫރިސްޓަކު ފީނައި ފޮޓޯ ނަގަނީ

މި ސަރަހައްދުތަކަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިއްސާ އެނޫންވެސް އެހެން ސަރަހައްދުތަކުން މަދުން ފެންނަ ކަނޑުގެ ދިރުންތައް ގިނައިން ހުންނަ ސަރަހައްދުތަކެކެވެ

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.