ބަޔޮސްފިއާ ރިޒާވް ސްޓޭމް ސެޓް – ފަންޑަށް ފައިސާ ވަންނާނެ އިތުރު ގޮތްތަކެއް

އެންވާރަމަންޓު މިނިސްޓަރާއި ޓުއަރިޒަމް މިނިސްޓަރު ބަޔޮސްފިެއާ ސްޓޭމްޕްސެޓް އިފްތިތާހުކޮށްދެއްވަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އެންވާރަމަންޓު މިނިސްޓަރާއި ޓުއަރިޒަމް މިނިސްޓަރު ބަޔޮސްފިެއާ ސްޓޭމްޕްސެޓް އިފްތިތާހުކޮށްދެއްވަނީ — ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ބ. އަތޮޅުގެ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ހިމެނޭ ސަރަހައްދުތަކުގެ ހިތްގައިމުކަމާ ދިރުންތައް ދައްކުވައިދޭ ފޮޓޯތައް ހިމެނޭ ސްޓޭމްޕް ސެޓުގެ ސަބަބުން ބ. އަތޮޅު ކޮންޒަވޭޝަން ފަންޑަށް ފައިސާ ވަންނާނެ އިތުރު ގޮތްތަކެއް މަގުފަހިވެގެން ދާނެ ކަމަށް އެންވާރަމަންޓް މިނިސްޓަރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅު ޔުނެސްކޯ ބަޔޮސްފިއާ ރިޒާވުގެ ސްޓޭމްޕް ސެޓާއި ޕޯސްޓުކާޑު ލޯންޗުކޮށް އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި ބ. އަތޮޅު ކޮންޒަވޭޝަން ފަންޑާއި ދެމެދު ޕާޓްނާޝިޕް އެގްރީމެންޓުގައި ސޮއި ކުރުމަށް އިއްޔެ އެންވާރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

އެންވާރަމަންޓު މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ، ސްޓޭމް ސެޓްގެ ސަބަބުން ކޮންޒަވޭޝަން ފަންޑަށް ފައިސާ ވަންނާނެ އިތުރުގޮތައް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެންވާރަމަންޓު މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ، ސްޓޭމް ސެޓްގެ ސަބަބުން ކޮންޒަވޭޝަން ފަންޑަށް ފައިސާ ވަންނާނެ އިތުރުގޮތައް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި — ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

 

“އެގޮތުން ވޭތުވެދިޔަ އަހަރު ހަތް ފަރާތަކަށް ކޮންޒަވޭޝަން ފަންޑުން ގްރާންޓްސް ދީފައިވާނެ. އަޅުގަނޑު ގަބޫކުލުކުރާ ގޮތުގައި އަންނަ އަހަރު ކުރީކޮޅު އެ ގްރާންޓުގެ އެ ބޭފުޅުން ކަނޑައަޅުއްވާފައި ހުރި މަސައްކަތްތައް ނިމޭނެ. އަދި މި އަންނަ އަހަރު ބަޔޮސްފިއާ ރިޒާވްގެ ކޮންޒަވޭޝަން ފަންޑުން އިތުރު ގްރާންޓުތައް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ،” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އޭގެ ބޭނުމަކީ ލިބެން ހުރި ރިސޯސްތައް ބޭނުންކޮށްގެން ރައްޔިތުންނަށް ފައިދާތަކެއް ވާނެ ގޮތްތައް ހޯދައިދިނުމެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު. ބައޮސްފިއާ ރިޒާވްގެ ޕްރޮމޯޓްކުރުމުގައި ރިސޯޓްތަކުގެ އެއްބާރުލުން މިހާރަށްވުރެ އިތުރުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި. ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު. ބައޮސްފިއާ ރިޒާވްގެ ޕްރޮމޯޓްކުރުމުގައި ރިސޯޓްތަކުގެ އެއްބާރުލުން މިހާރަށްވުރެ އިތުރުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި. ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

 

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ބ. އަތޮޅުގެ ބައޮސްފިއާ ރިޒާވްގެ ގޮތުގައި ހިމެނޭ ސަރަހައްދުތައް ޕްރޮމޯޓްކުރުމުގައި ރިސޯޓްތަކުގެ އެއްބާރުލުން މިހާރަށްވުރެ އިތުރުކުރަން މަސައްކަތްކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.