ފޮޓޯ: ބަޔޮސްފިއާ ރިޒާވްއެއްގެ ގޮތުގައި ބ. އަތޮޅު ފާހަގަ ކުރާ ސްޓޭމްޕް ސެޓް، ޕޯސްޓްކާޑް

first day commemorative issue 1

އދ. ގެ ތައުލީމާއި، ސައިންސާއި ސަގާފަތާ ބެހޭ ޖަމިއްޔާ ޔުނެސްކޯއިން ޖޫން 2011 ގައި މުޅި ބ. އަތޮޅަކީ ތިމާވެށީގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ހިމާޔަތް ކުރެވިފައިވާ “ބަޔޮސްފިއާ ރިޒާވް”އެއްގެ ގޮތުގައި ހަމަޖެހުނު ފަހުން އެކި ފަރާތްތަކުން އަންނަނީ ބ. އަތޮޅުގެ ހިމާޔަތަށް ފައިސާ އާއި ފަންނީ އަދި އެހެނިހެން ވެސް ދީލަތި އެހީތައް ވަމުންނެވެ.

މި ގޮތުން އެހީވާ ފަރާތަކަށް އެންމެ ފަހުން ހަމަޖެހިފައިވަނީ ރާއްޖޭގެ ޕޯސްޓް އޮފީހެވެ. އެ ގޮތުން ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއެކު އިއްޔެ ގާއިމު ކުރެވުނު އެއްބަސްވުމުގެ ދަށުން ޕޯސްޓް އޮފީހުން ނެރުނު ސްޓޭމްޕް ސެޓަކާއި ޕޯސްޓްކާޑެއް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވަނީ ފަތުރުވެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުގެ ހާޒިރުގައި ނެރެދެއްވައިފައެވެ.

ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ހިމެނޭ ސަރަހައްދުތަކުގެ ހިތްގައިމުކަމާއި ދިރުންތައް ދައްކުވައިދޭ ފޮޓޯތައް ހިމެނޭ ޕޯސްޓް ކާޑާއި ހަތަރު ސްޓޭމްޕުގެ ސަބަބުން ބ. އަތޮޅު ކޮންޒަވޭޝަން ފަންޑަށް ފައިސާ ވަންނާނެ އިތުރު ގޮތްތަކެއް މަގުފަހިވެގެން ދާނެ ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށް ތޯރިގް ވިދާޅުވިއެވެ. ސަބަބަކީ ބ. އަތޮޅުގެ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި ނުވަ ކޯ އޭރިއާ ހިމެނޭއިރު، އެ ހުރިހާ އޭރިއާއެއް އަދިވެސް އެންމެ ފުރިހަމައަށް މެނޭޖް ނުކުރެވޭތީ ކަމަށް އިއްޔެގެ ރަސްމިއްޔާތުގައި ތޯރިގް ވިދާޅުވިއެވެ.

ފަސް ލާރި، 10 ލާރި، 25 ލާރި އަދި 50 ލާރީގެ ސްޓޭމްޕްގެ އިތުރުން އެއް ޕޯސްޓްކާޑު ހިމެނޭ މީގެ ސެޓެއް ވިއްކަނީ 155 ރުފިޔާއަށެވެ. އަދި ފަތުރުވެރިން ބޭނުން ނަމަ، 10 ޑޮލަރަށް ލިބޭނެ ކަމަށް ވެސް ޕޯސްޓް އޮފީހުގެ އެސިސްޓެންޓް މެނޭޖިން ޑައިރެކްޓަރު ހަފީޒާ އިބްރާހިމް “އީޓީ”އަށް މިއަދު ވިދާޅުވިއެވެ.

އީޓީގެ ކިޔުންތެރިންގެ މައުލޫމާތަށްޓަކައި މިއަދު ހެދުނު މީގެ ސެޓެއް ދިވެހި ރުފިޔާއިން އީޓީ ވަނީ ގަންފައެވެ. އަދި މި ޕޯސްޓްކާޑްގެ ދެ ފުށާއި، ހަތަރު ސްޓޭމްޕްގެ ސްކޭންތަކެއް ވަނީ މާލޭގައި ހުންނަ “ކޮޕިއަރ” ފިހާރައިން ނަގައިފައެވެ. ތިރީގައި މި ވަނީ މި ސްކޭންތަކެވެ.

މި ޕޯސްޓްކާޑާއި ސްޓޭމްޕްތަކުގައި ހިމަނާފައިވާ ފޮޓޯތައް ނަގާފައިވަނީ އެޓޯލް ކޮންޒަވޭޝަން ފަންޑް (އޭ.އީ.ސީ)ގެ އަބްދުﷲ ޝިބާއު އާއި މަންޓާ ޓްރަސްޓްގެ ގައި ސްޓީވަންސް އާއި މުހައްމަދު މަނިކު އާއި މޯލްޑައިވާސް ޑައިވްސް ސްކޫލްގެ ޑައިވް އިންސްޓްރަކްޓަރު އާޒިމް މުސްތާގް އާއި އދ.އިން ދޭ “ގްލޯބަލް 500” ތިމާވެށީގެ އެވޯޑު ލިބުނު ހަމައެކަނި ދެ ދިވެހިންގެ ތެރޭގައި ހިމެނޭ ރައީސް މައުމޫން ފިޔަވާ “ހަވީރު” ނޫހުގެ ލިޔުންތެރިޔާ އަދި ކުޅަދާނަ ތިމާވެށީގެ ފޮޓޯ ޖާނަލިސްޓް މުހައްމަދު ޒާހިރު (މީމު ޒަވިޔަނި)އެވެ. ބ. އަތޮޅާ ރަހްމަތްތެރި މީމު ޒަވިޔަނި އަކީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ އިސް އޮފިޝަލެކެވެ. އަދި ބ. ސޮނެވާފުށި ރިސޯޓްގެ ތިމާވެއްޓާ ބެހޭ މުޝީރެއް ވެސް މެއެވެ.

ޕޯސްޓްކާޑްގެ މޫނުމަތި
ޕޯސްޓްކާޑްގެ މޫނުމަތި

 

 

ޕޯސްޓްކާޑްގެ ފަހަތް
ޕޯސްޓްކާޑްގެ ފަހަތް
5 ލާރީގެ ސްޓޭމްޕް
ފަސް ލާރީގެ ސްޓޭމްޕް

 

ދިހަ ލާރީގެ ސްޓޭމްޕް
ދިހަ ލާރީގެ ސްޓޭމްޕް

 

ފަންސަވީސް ލާރީގެ ސްޓޭމްޕް
ފަންސަވީސް ލާރީގެ ސްޓޭމްޕް

 

 

ފަންސާސް ލާރީގެ ސްޓޭމްޕް
ފަންސާސް ލާރީގެ ސްޓޭމްޕް

IMG3

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.